ކޮމިއުނިޓީ ނަރސިންގެ ދަތުރަކަށް ތިނަދޫ ސިޓީއަށް ޒިޔާރާތްކުރާ ދަރިވަރުންނަށް ނޭކައިގެ ފަރާތުން ޚާއްސަ ހަރަކާތެއް ގެންގޮސްފިއެވެ.
ކޮމިއުނިޓީ ނަރސިންގެ މި ދަތުރަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބެޗަލަރސް އޮފް ނަރސިންގެ 5ވަނަ ސެމިސްޓަރގައި ކިޔަވާ ދަރިވަރުން ކުރާ ދަތުރެކެވެ. އެގޮތުން ތިނަދޫ ސިޓީއަށް މި ދަތުރުގައި މާލޭގައި ކިޔަވާ ދަރިވަރުންނާއި ހިތަދޫ ކެމްޕަހުގައި ކިޔަވާ ދަރިވަރުން ބައިވެރިވެއެވެ.
މި ދަރިވަރުންނަށް ނޭކައިގެ ފަރާތުން ހިންގި މި ޚާއްސަ ހަރަކާތުގައި ވަނީ މެންދުރުގެ ޚާއްސަ ކެއުމަކާއެކު މަޖާ ބައެއް ކުޅިވަރުތައް ކުޅެފައެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 6 ޖޫން ގައި ތިނަދޫ ސަންސެޓް ބީޗުގައެވެ.
މި ހަރަކާތް ކުރިއަށް ގެންދިޔުމުގެ މަގްސަދަކީ ތިނަދުއަށް ޒިޔާރާތްކުރި ދަރިވަރުންނަށް ނޭކައިގެ ފަރާތުން މަރުހަބާ ކިޔުމާއެކު އެކުވެރި މާހައުލެއްގައި އެކި ކެމްޕަސްތަކުގައި ކިޔަވާ ދަރިވަރުން ތައާރަފްވެ އެކުވެރިކަމާއެކު ވަގުތު ހޭދަކޮށްލުމަށް ފުރުސަތު ފަހިކޮށްދިނުމެވެ.






