

ދުނިޔޭގެ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ދުވުމެއް ބާއްވައިފިއެވެ.
މި ޚާއްސަ ދުވުން ކުރިއަށް ގެންގޮސްފައިވަނީ 26 ޖޫން 2026 ވީ ހުކުރު ދުވަހުގެ ހަވީރު 4:00ގައެވެ. މި ދުވުމަކީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ގިރިންދާ ޖަމިއްޔާއިން ތިނަދޫގެ މުއައްސަސާތަކާ ގުޅިގެން ބޭއްވި ދުވުމެކެވެ. މިގޮތުން އެމްއެންޔޫގެ ތިނަދޫ ކެމްޕަސް އަދި އެމްއެންޔޫއެސްޔޫގެ ދަރިވަރުންގެ ޔޫނިއަންގެ ތިނަދޫ ގޮފި ނޭކައިން ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.
ކުޑަކުދިންނާ އެކިއެކި އުމުރުފުރާގެ މީހުންނާ އެކު ކުރިއަށް ދިޔަ މި ދުވުމުގައި މަސްތުވާތަކެއްޗާ ދެކޮޅު މުހިންމު މެސެޖުތަކެއް ވަނީ ފޯރުކޮށްދީފައެވެ. އަދި މި ދުވުމުގައި ނޭކައިގެ ގިނަ އަދަދެއްގެ އިސްވާރުން ވަނީ ބައިވެެރިވެފައެވެ.





