ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 53 ވަނަ އަހަރީ ދުވަސް ތިނަދޫ ކެމްޕަހާއި ދަރިވަރުންގެ ޔޫނިއަންގެ ތިނަދޫ ކެމްޕަހުގެ ގޮފި ނޭކައިން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
ޔުނިވަރސިޓީގެ އަހަރީ ދުވަހަކީ 1 ސެޕްޓެމްބަރެވެ. 1 ސެޕްޓެމްބަރުގެ ހަވީރު ވަނީ އަހަރީ ދުވަހުގެ ޙަރަކާތްތައް އާރް އަވަށް ޓަރފް ދަނޑުގައި ކުރިއަށް ގެންގޮސްފައެވެ.
އަހަރީ ދުވަހުގެ ޙަރަކާތްތަކުގައި ކެމްޕަހުގެ މުވައްޒަފުންނާއި ގިނަ ޢަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަހަރީ ދުވަހުގެ ޙަރަކާތްތަކުގައި ވަނީ ފައިގެތަޅާ، ފުޓްސަލް އަދި ވާދެމުމުގެ މެޗުތައް ދަރިވަރުންނާއި މުވައްޒަފުންގެ ޓީމުތަކުގެ މެދުގައި ކުރިއަށް ގެންގޮސްފައެވެ. އަދި ދުވަހާ ގުޅޭ ޚާއްސަ ކޭކު ފެޅުމާއެކު ހަވީރުގެ ސައެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
އެކުވެރި މާޙައުލެއްގައި ޔުނިވަރސިޓީގެ ރޫހު ދިރުވައިދިން މި ހަރަކާތްތައް ރޭވުމާއި ހިންގުމާއި ބައިވެރިވުމުގައި ނޭކައިގެ އިސްވާރުން ވަނީ ކެމްޕަސް މެނޭޖްމަންޓް އަދި މުވައްޒަފުންނާއެކު ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކޮށްފައެވެ.






