ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ތިނަދޫ ކެމްޕަސް ގޮފި ނޭކައިން ބާއްވާ ފީފާ ޕީއެސް މުބާރާތް ފަށަން ތައްޔާރުވެއްޖެއެވެ.
މި މުބާރާތް ފަށާނީ 13 ސެޕްޓެމްބަރު އާދީއްތަ ދުވަހުގެ ހަވީރު 4 ޖަހާއިރު ތިނަދޫ ކެމްޕަސްގެ ހޯލުގައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ގިނަ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފައެވެ. މިއަހަރުގައި މިބޭއްވޭ މުބާރާތަކީ، ނޭކައިން އެހެން އަހަރުތަކޭވެސް އެއްފަދައިން ބާއްވާ ފީފާ ޕީއެސް މުބާރާތުގެ އަދަދެކެވެ.
މި މުބާރާތުގައި ކޮންމެ ޑިވިޝަނަކުން އެއްވަނަ، އަދި ދެވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު، ވާދަވެރި މެޗްތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ނޭކައިން މި އަހަރު މިފަދަ އިތުރު ހަރަކާތްތައްވެސް ވަނީ ނޭކައިގެ އިސްވާރުންނަށް ރާވައިފައެވެ.





