ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަސްގެ ގޮފި ނޭކައިގެ ފީފާ ޓޯނަމެންޓް ނިންމާލައިފިއެވެ.
މި މުބާރާތް ބޭއްވިގެން ދިޔައީ ތިނަދޫ ކެމްޕަސްގެ ދަރިވަރުންނަށް ހުޅުވާލައިގެންނެވެ. ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ތިނަދޫ ކެމްޕަސްގައި ކުރިޔަށްގެންދިޔަ މި މުބާރާތުގައި ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މި މުބާރާތުގެ ޑިވިޟަންތައް ކުރިޔަށް ގެންގޮސްފައިވަނީ ނޮކްއައުޓް އުސޫލުންނެވެ. އަދި 03 ވަނަ ފަރާތާއި، ރަނަރއަޕް އާއި، އަދި ޗެމްޕިއަން މަޤާމު ވަނީ ހޮވާފައެވެ.
މި މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައިވަނީ އަބްސަލް އަދި ނާއިޟް އެވެ. ފައިނަލް މެޗު 4-1 އިން ކާމިޔާބުކޮށް އެއްވަނަ ހޯދާފައިވަނީ އަބްސަލް އެވެ.
މި މުބާރާތުގެ ވަނަތަކަށް ހޮވުނު ބައިވެރިންނަށް އިނާމު ހަވާލުކޮށްފައިވަނީ 13 ސެޕްޓެމްބަރު ވީ އާދީއްތަ ދުވަހުއެވެ. އަދި މުބާރާތުގައި ބައިވެރިވި ކޮންމެ އިސްވާރަކަށް ބައިވެރިވިކަމުގެ ލިޔުންވެސް ވަނީ ހަވާލުކޮށްފައެވެ.





