ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް(އެފް.އެޗް.ޓީ.އެސް)ގެ މޯލްޑިވްސް ޓުއަރިޒަމް ރީބޫޓް އިވެންޓްގެ މީސް މީޑިއާ ކެމްޕެއިން އިފްތިތާހުކޮށްފިއެވެ.
”މޯލްޑިވްސް ޓުއަރިޒަމް ރީބޫޓް 2021“ އަކީ އެފް.އެޗް.ޓީ.އެސްގެ ބެޗްލަރ އޮފް އިންޓަރނޭޝަނަލް ޓުއަރިޒަމް މެނޭޖްމަންޓް އެންޑް ބެޗްލަރ އޮފް އިންޓަރނޭޝަނަލް ހޮސްޕިޓާލިޓީގެ މެނެޖްމަންޓުގެ ފަހު އަހަރު ފުރިހަމަ ކުރަމުންގެންދާ ދަރިވަރުން އިންތިޒާމުކުރަމުންގެންދާ އިވެންޓެކެވެ. މި އިވެންޓަކީ މި ދަރިވަރުން ކިޔަވަމުންގެންދާ ކޯހުގެ އެންމެ ފަހު އެސައިމެންޓުގައި ފުރިހަމަ ކުރަންޖެހޭ ބައިތަކެއް އެކުލެވޭ އިވެންޓެކެވެ.
މި އިވެންޓުގެ މައިގަނޑު މަޤްޞަދަކީ ކޮވިޑު-19 ގެ އާލަމީ ވަބާގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ޖަމިއްޔާ ޖަމާޢަތް ތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަނެ އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމުގެ ހިޔާލު ބަދަލުކޮށްލުމުގެ މަންސައެއް ހުޅުވާލުމެވެ. މި އިވެންޓު އިތުރަށް ފުރިހަމަ ކުރުމަށް އެފް.އެޗް.ޓީ.އެސްގައި ހޮސްޕިޓާލިޓީ މެނޭޖްމަންޓް ކިޔަވަމުންދާ ދަރިވަރުންގެ ”ކޮކްޓެއިލް ރިސެޕްޝަނެއް“ ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ 20 ނޮވެމްބަރ 2021 ވަނަ ދުވަހު މަންހަޓަން ބިޒްނަސް ހޮޓެލްގެ ބެންކެޓް ހޯލްގައެވެ. މި އިވެންޓުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް، އޮންލައިން ލިންކެއް މެދުވެރިކޮށް ބައިވެރިވެވޭނެ ގޮތް ވަނީ ހަމަޖެހިފައެވެ. މި އިވެންޓާއި ބެހޭ އިތުރު މަޢުލޫމާތު މި އިވެންޓުގެ މީސް މީޑްއާ ޕޭޖްތަކުން ލިބެން ހުންނާއެވެ:
ފޭސްބުކް: MvTourismReboot
އިންސްޓަގްރާމް:mvtourismreboot
ޓުވިޓަރ: TourismRebootmv
އިވެންޓް މެނޭޖަރުން:
|
ނުހާ ޢަލީ ފޯނު ނަންބަރު: 9791413 |
އީމެއިލް: mvtourismreboot2021@gmail.com





