އެމްއެންޔޫ ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީ.އެސް.އެސް.އޭ) އިން އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ފުޓްސަލް މުބާރާތުގައި މިއަހަރު ބައިވެރިވާ ޓީމުތަކުގެ މެދުގައި މެޗުތައް ކުޅޭނެ ތަރުތީބު ކަނޑައެޅުމަށް ގުރުއަތުލުން ބާއްވައިފިއެވެ.
އަންހެން އަދި ފިރިހެން ޑިވިޝަނަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވަނީ 2021 ނޮވެންބަރު 10 ވީ ބުދަ ދުވަހުގެރޭ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުގެ ސެމިނަރ ރޫމްގައެވެ. މިފަހަރުގެ މުބާރާތުގައި ފިރިހެން 6 ޓީމާއި އަންހެން 2 ޓީމު ބައިވެރިވެފައިވެއެވެ.
އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އަދަދު މަދުވުމުގެ ސަބަބުން ޓީމުތަކާއި މަޝްވަރާ ކުރުމަށްފަހު މިފަހަރުގެ މުބާރާތް ކުރިއަށް ގެންދާނި ލީގު އުސޫލުންނެވެ. އެހެންކަމުން މުބާރާތުގެ ފިރިހެން ޑިވިޝަންގައި ވާދަކުރާ ކޮންމެ ޓީމެއްވެސް 5 މެޗު ކުޅޭނެއެވެ. އަދި ފައިނަލުގައި ބައްދަލުކުރާނީ ފުރަތަމަ ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމެކެވެ. މިއީ ލީގު އުސޫލުން މިމުބާރާތް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބޭއްވި މުބާރާތްތަކުގައި މެޗުތައް ކުޅެފައިވަނީ ގްރޫޕް ސްޓޭޖަށެވެ.
އަންހެން ޑިވިޝަނުގައި 2 ޓީމު ބައިވެރިވެފައިވާތީ، މުބާރާތުގައި އަންހެން ޑިވިޝަންގެ ކުޅޭނީ ހަމައެކަނި ފައިނަލް މެޗެވެ.
މިއަހަރުގެ މުބާރާތް މިގޮތަށް ކުޅުމަށް ނިންމީ މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ގިނަ މެޗުތަކެއް ކުޅުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ދަރިވަރުންގެ ހުނަރު ތަރައްޤީ ކުރުމަށް ބާއްވާ މި މުބާރާތުގައި ދަރިވަރުންނަށް ވީހާވެސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމަށް މަސައްކަތް ކުރާނެއެވެ.
ކޯވިޑު-19ގެ ސަބަބުން މިއަހަރުގެ 2 ސެމިސްޓަރ އަށް ކޯހަށް ވަތް ކުދިން މަދުވެފައިވާއިރު، މިމުބާރާތުގައި ބައިވެރިވެފައިވާ ޓީމުތައްވެސް މަދުވެފައިވާކަން ފާހަގަކުރަމެވެ.
މުބާރާތުގެ ފުރަތަމަ ބުރުގެ މެޗުތައް ކުޅުން އޮންނާނީ ހުކުރު ދުވަހުގެ އެކި ގަޑިތަކަށް ބަހާލައިގެންނެވެ. ފައިނަލް މެޗުތައް އޮންނާނީ ހޮނިހިރު ދުވަހުގެ ރެއެވެ. މުބާރާތުގެ ޝެޑިއުލް އާއި މުބާރާތާ ގުލޭ ޕޯސްޓުތައް ބީ.އެސް.އެސް.އޭ ޕޭޖުގައި ހިއްސާ ކުރެވެމުން ދާނެއެވެ. އަދި މެޗުތައް ކުރިއަށްދާނީ މާފަންނު 2 ނަންބަރު ޓާރފްގެ މެރީ ބްރައުންއާވި ފަޅީގައެވެ.





