ތުރުކީގެ އިސްތަންބުލް ގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ”ވޯލްޑް ހަލާލް ސަމިޓް އިންޓަރނޭޝަނަލް ޗެމްޕިއަންޝިޕް އޮފް ކުކީސް“ އެފް.އެޗް.ޓީ.އެސްގެ ތިން ދަރިވަރުން ބައިވެރިވެއްޖެއެވެ.
25 ނޮވެމްބަރުން 28 ނޮވެމްބަރުގެ ނިޔަލަށް ބާއްވަން ހަމަޖެހިފައިވާ މި މުބާރާތުގައި އެފް.އެޗް.ޓީ.އެސްގެ ފަރާތުން ވާދަކުރާ ތިން ދަރިވަރުންނަކީ ތޯޙާ އަބްދުލް ރައްޒާޤް(ބީ.އައި.އެޗް.އެމް ސެމް4)، އައިމިނަތް ޝައިމާއު މަހްމޫދު (ބީ.އައި.އެޗް.އެމް ސެމް5) އަދި ހައްވާ މުނާ ވަހީދް(ބީ.އައި.އެޗް.އެމް ސެމް5)އެވެ.
”ވޯލްޑް ހަލާލް ސަމިޓް އިންޓަރނޭޝަނަލް ޗެމްޕިއަންޝިޕް އޮފް ކުކީސް“އަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ހަލާލު ކެއްކުމުގެ އިވެންޓެވެ. އެގޮތުން މިއަހަރުގެ ތީމް އަކީ ”ނިއު އެރާ އެންޑް ނިއު ނޯރމަލްސް: ނެސެސިޓީ އޮފް ހަލާލް ޕޮރޮޑަކްޝަން އެންޑް ކޮންސަޕްޝަން“ އެވެ. މި މުބާރާތުގައި 90 ފަސެންޓްއަށް ވުރެ ގިނައިން ހޯދާ ބައިވެރިންނަށް ”ގޯލްޑް އެވޯރޑް“ އަދި 80 ޕަސެންޓްއަށް ވުރެ މަތިން ހޯދާ ބައިވެރިންނަށް ”ސިލްވަރ އެވޯރޑް“ އަދި 70 ޕަސެންޓްއަށް ވުރެ އިތުރުން ހޯދާ ބައިވެރިންނަށް ބްރޮންޒް އެވޯޑް ދެވިގެން ދާނެއެވެ.
މި މުބާރާތުގައި އެފް.އެޗް.ޓީ.އެސްގެ ބައިވެރިންނަށް ޝެޓްސްއިން އެދެނީ ކާމިޔާބީއަށްށެވެ.





