Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ހަރަކާތް

ޑެޕިއުޓީ ވައިސް ޗާންސެލަރ، ޑީން އޮފް ސްޓޫޑެންޓްސް އަދި އެމް.އެން.ޔޫ.އެސް.ޔޫ އިން މަޖްދުއްދީން ދަނާލުގެ ދަރިވަރުންނާއި ބައްދަލުކޮށްފި

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2018-04-13
in ހަރަކާތް, ޚަބަރު
ޑެޕިއުޓީ ވައިސް ޗާންސެލަރ، ޑީން އޮފް ސްޓޫޑެންޓްސް އަދި އެމް.އެން.ޔޫ.އެސް.ޔޫ އިން މަޖްދުއްދީން ދަނާލުގެ ދަރިވަރުންނާއި ބައްދަލުކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްފާޟިލާ ޢާއިޝަތު ޝާހީން، ޑީން އޮފް ސްޓޫޑެންޓްސް އަލްފާޟިލާ ނާދިޔާ އަޙްމަދު އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ހިންގާ ކޮމިޓީގެ މެންބަރުން އެމް.އެން.ޔޫ މާލޭ ކެމްޕަހުގައި ހުންނަ މަޖްދުއްދީން ދަނާލުގައި ދިރިއުޅޭ ދަރިވަރުންނާއި ބައްދަލުކޮށްފިއެވެ.  އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަރުޝަދު އަޝްރަފް، ނައިބު ރައީސް (ގޮފިތައް) ޢަލީ ޝަމްޢޫން، ޚަޒާންދާރު ޢަބްދުﷲ ޝަހުނީޒް، ސެކްރެޓަރީ އަނާ އަޙްމަދުގެ އިތުރުން މީޑިއާ ކޯޑިނޭޓަރ މުޙައްމަދު ޝާން ޢާމިރު ބައިވެރިވި މި ބައްދަލުވުން ކުރިއަށްދިޔައީ އެމް.އެން.ޔޫގެ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އޮޑިޓޯރިއަމްގައެވެ. މަޖްދުއްދީން ދަނާލުގައި ދިރިއުޅޭ ދަރިވަރުންގެ ތެރެއިން ގާތްގަނޑަކަށް 50 ވަރަކަށް ދަރިވަރުން ބައިވެރިވި މި ބައްދަލުވުމުގައި މަޖްދުއްދީން ދަނާލުގެ މުދީރު އަލްފާޟިލް މުޙައްމަދު ނިޒާރުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ޑީން އޮފް ސްޓޫޑެންޓްސް ނާދިޔާ މިސް

13 އޭޕްރީލް 2018ވީ ހުކުރުދުވަހުގެ ހަވީރު 04:00 ގައި ބޭއްވުނު މި ބައްދަލުވުމުގައި ޑެޕިއުޓީ ވައިސް ޗާންސެލަރ، ޑީން އޮފް ސްޓޫޑެންޓްސް، އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަލްފާޟިލް އަރުޝަދު އަޝްރަފްގެ އިތުރުން މަޖްދުއްދީން ދަނާލުގެ މުދީރު ވަނީ ދަރިވަރުންނާއި މުޚާޠަބުކޮށް ވާހަކަ ދައްކަވާފައެވެ. ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްފާޟިލާ ޢާއިޝަތު ޝާހީން ފާހަގަކުރެއްވި ގޮތުގައި މިގޮތަށް އެމް.އެން.ޔޫގެ ދަނާލެއްގައި ދިރިއުޅޭ ދަރިވަރުންތަކަކާއި ބައްދަލުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

”އަޅުގަނޑު އަޞްލު ވަރަށް ބޭނުންވޭ ތިޔަ ކުދިންގެ އިޙްޞާސްތައް އަޑުއަހާލަން. ތިޔަ ކުދިންގެ ޙާލަތު އަބަދުވެސް އެންމެ ކައިރިން އަޅުގަނޑުމެން ބަލަމުން ގެންދާނަން.“

ޝާހީން މިސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ދަނާލުގެ ދަރިވަރުން އަމިއްލަ އަށް އިޖްތިމާޢީ އެކިއެކި ޙަރަކާތްތަކާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ރާވާ އިންތިޒާމުކުރުމުގެ މުހިއްމުކަން ބަޔާންކުރެއްވިއެވެ. އަދި ހަމައެހެންމެ މިފަދަ ކަންކަމުގައި ސްޓޫޑެންޓް ސަޕޯޓާއި ސްޓޫޑެންޓް ޔޫނިއަން އިން ކުރައްވާ މަސައްކަތް އެކަމަނާ ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގެ ތެރެއިން

ޑީން އޮފް ސްޓޫޑެންޓްސް އަލްފާޟިލާ ނާދިޔާ އަޙްމަދުގެ ވާހަކަފުޅުގައި ވަނީ ދަނާލުގެ ދަރިވަރުންގެ ޙާލަތު އަބަދުވެސް ބައްލަވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން ވަރަށް ފަހުންވެސް ދަނާލަށް ކުރެއްވި ޒިޔާރަތެއްގައި ދަނާލުގެ ދަރިވަރުންގެ ސާފުތާހިރުކަން ފެނުނުކަމާއި، އެކަމާއި ވަރަށް ބޮޑަށް އުފާކުރައްވާކަމަށް ވިދާޅުވިއެވެ.

”ކޮންމެ ވަގުތެއްގައިވެސް ދަރިވަރުން ހަމަ ސްޓޫޑެންޓް ސަޕޯޓަށް ދުރުވެ އަޅުގަނޑާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ. މިސް އާއި ވާހަކަ ދައްކާލަން ބޭނުން ހަމަ ކޮންމެ ކުއްޖަކަށްވެސް އެ ފުރުޞަތު އޮންނާނެ.“

ނާދިޔާ މިސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ދަނާލުގެ އެކިއެކި މައްސަލަތައް މިހާރުވެސް ފާހަގަކުރެވިފައިވާކަމާއި އެކަންކަން ޙައްލުކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ވިދާޅުވިއެވެ. އަދި ދަރިވަރުންގެ ޙައްޤުގައި އެމް.އެން.ޔޫ.އެސް.ޔޫ އިން ކުރައްވާ މަސައްކަތް އެކަމަނާ ފާހަގަކުރެއްވިއިރު، އެމް.އެން.ޔޫގެ މެނޭޖްމަންޓުން ލިބިލައްވާ އެހީތެރިކަންވެސް ފާހަގަކުރެއްވިއެވެ.

އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަރުޝަދު އަޝްރަފް

މި ބައްދަލުވުމުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަލްފާޟިލް އަރުޝަދު އަޝްރަފް ވެސް ވަނީ ދަނާލުގެ ދަރިވަރުންނާއި މުޚާޠަބުކޮށް ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. މިގޮތުން ޔޫނިއަންގެ މި ދައުރުގެ މަސައްކަތްތަކުގެ ތެރޭގައި އެމް.އެން.ޔޫގެ ހުރިހާ ދަނާލެއްގެ ދަރިވަރުންނާއި ބައްދަލުކުރުން ހިމެނޭ ކަމާއި، އަތޮޅުތެރޭގެ ހުރިހާ ދަނާލަކަށް މިހާރު ޒިޔާރަތްކޮށް އެ ދަނާލުތަކުގައި ދިރިއުޅޭ ދަރިވަރުންގެ އަޑު އަހާފައިވާނޭކަމަށް ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ، ދަރިވަރުންގެ ކޮންމެ ޝަކުވާއެއްވެސް ގެންދަންޖެހޭ ފަރާތްތަކާއި ހަމައަށް ގެންދިއުމުގައި ޔޫނިއަންގެ މުޅި ޓީމުން އަބަދުވެސް މަސައްކަތްކުރުމުގައި ދެމިތިބޭނޭކަމާއި ޔޫނިއަން އަށް ޙައްލުކުރެވޭ މައްސަލަތައް ޔޫނިއަންގެ ފަރާތުން ޙައްލުކޮށްދޭނޭކަމުގެ ޔަޤީންކަން ދެއްވިއެވެ.

”ޔޫނިއަން އިން އަބަދުވެސް މަސައްކަތް މިކުރަނީ ދަނާލުތަކުގެ ދަރިވަރުންނާއި އަދި އެނޫންވެސް އެންމެހާ ދަރިވަރުންގެ ޙައްޤުތައް ރައްކާތެރިކޮށްދެވޭތޯ. އެ ދަރިވަރުންގެ މައްސަލަތައް ޙައްލުކުރުމުގައި ވީ އެންމެ ބޮޑަކަށް އަޅުގަނޑުމެން އެހީތެރިވާނަން. މިގޮތުން ޔޫނިއަންގެ އޮފީސްވެސް އަބަދުވެސް ހުންނާނީ ހުޅުވިފައި. ކޮންމެ ދަރިވަރަކުވެސް އޮފީސް ހުޅުވިފައިހުރި ކޮންމެ ގަޑިއަކު އޮފީހަށް ވަދެވޭނެ. އަދި ބޭނުން ކޮންމެ ވާހަކައެއް ޔޫނިއަންގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި ޙިއްޞާކުރެވޭނެ.“

ދަރިވަރުންނާއި މުޚާޠަބުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް އަރުޝަދު ވިދާޅުވިއެވެ. އަދި ޔޫނިއަން އިން ދަރިވަރުންނަށް ކޮށްދޭ ކަންކަން ފުރިހަމަ ކުރުމުގައި އެމް.އެން.ޔޫގެ ޗާންސެލަރ ޑރ. މުޙައްމަދު ލަޠީފާއި، ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޝަރީފްގެ އިތުރުން ޑެޕިއުޓީ ވައިސް ޗާންސެލަރުން ކަމަށްވާ ޑރ. މުޢާވިޔަތު މުޙައްމަދު އަދި އަލްފާޟިލާ ޢާއިޝަތު ޝާހީން އަދި ޑީން އޮފް ސްޓޫޑެންޓްސް އަލްފާޟިލާ ނާދިޔާ އަޙްމަދު ދެއްވާ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރަން ބޭނުންވާކަމަށް ވަނީ ވިދާޅުވެފައެވެ.

ޑެޕިއުޓީ ވައިސް ޗާންސެލަރ ޝާހީން މިސް

މި ބައްދަލުވުމުގައި މަޖްދުއްދީން ދަނާލުގެ މުދީރުވެސް ވާހަކަފުޅު ދެއްކެވިއިރު، ދަރިވަރުންގެ ފަރާތުން އެ ކުދިންގެ ޝުޢޫރުތައްވެސް ވަނީ ޙިއްޞާކުރައްވާފައެވެ. މިގޮތުން ދަރިވަރުން ދަނާލުގައި އުޅޭއިރު މިވަގުތު ހުރި ބައެއް ދަތި އުނދަގޫތަކުގެ ވާހަކަ ޙިއްޞަކުރިއިރު، ގިނަ ދަރިވަރުންތަކެއްވަނީ މި ބައްދަލުވުމުގައި އެކުދިންގެ އިޙްޞާސްތައް ކިޔައިދީފައެވެ. އަދި ޑެޕިއުޓީ ވައިސް ޗާންސެލަރ ގެ އިތުރުން ދަނާލުގެ މުދީރާއި ޔޫނިއަންގެ ރައީސްވަނީ އެ ކުދިން ފާހަގަކުރި މައްސަލަތައް ޙައްލުކުރެވޭނެ ގޮތްތަކާއިމެދު ވާހަކަދައްކަވާފައެވެ. އަދި ވަގުތުން ވަގުތަށް ޙައްލުނުކުރެވުނަސް، ވީ އެންމެ އަވަހަކަށް އެ ހުރިހާ ކަމެއް ޙައްލުކުރެވޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ދަނާލުގެ މުދީރު

މި ބައްދަލުވުން ނިންމާލުމަށްފަހު ޔޫނިއަންގެ ފަރާތުން ދަނާލުގެ ދަރިވަރުންނަށް ބިލެތް މީރުކޮށްލެއްވުމެއް އެރުވިއިރު، ދަނާލު ދަރިވަރުންނާއިއެކު މިފަދަ އެއް ބައްދަލުވުން އަދި މިއަހަރުތެރޭގައި ބާއްވާނެކަމަށް ޔޫނިއަންގެ ރައީސްވަނީ ވިދާޅުވެފައެވެ. ބައްދަލުވުމަށްފަހު ދަނާލުގެ ބައެއް ދަރިވަރުންނާއި ވާހަކަދައްކާލުމުން އެކުދިން ބުނެފައިވަނީ މިފަދަ ބައްދަލުވުމެއް ބޭއްވުމުން ވަރަށް އުފާކުރާ ކަމަށެވެ. އަދި ޔޫނިއަންގެ ފަރާތުން މިފަދަ ކަމަކަށް އިސްނެންގެވީތީ ޔޫނިއަންގެ މެންބަރުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާކަމަށް ބައެއް ކުދިން ބުނެފައިވެއެވެ.

އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ފަރާތުން އޮބްސްޓެކަލް ރޭހެއް ބާއްވަނީ!

ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ފަރާތުން އޮބްސްޓެކަލް ރޭހެއް ބާއްވަނީ!

2026-05-13
އެމް.އެން.ޔޫ.ބީ.އެސް ބަލިކޮށް އެމް.ބީ.އެސްގެ ދެޓީމުވެސް ސެމީއަށް!

އެމް.އެން.ޔޫ.ބީ.އެސް ބަލިކޮށް އެމް.ބީ.އެސްގެ ދެޓީމުވެސް ސެމީއަށް!

2026-05-12
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026: ކުއާޓާ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ޔަގީންވެއްޖެ

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026: ކުއާޓާ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ޔަގީންވެއްޖެ

2026-05-10
ނޭކައިގެ ފުރަތަމަ މޫވީ ނައިޓް ވަރަށްވެސް ކާމިޔާބު!

ނޭކައިގެ ފުރަތަމަ މޫވީ ނައިޓް ވަރަށްވެސް ކާމިޔާބު!

2026-05-09
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ތަފާތު ހަރަކާތެއް!

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ތަފާތު ހަރަކާތެއް!

2026-05-09
އެފް.އެޗް.ޓީ.އެސް، ސީ.އެފް.އެސް އަދި އެމް.އެން.ޔޫ.ބީ.އެސްގެ އަންހެން ޓީމުތައް ކުއާޓާ ފައިނަލަށް

އެފް.އެޗް.ޓީ.އެސް، ސީ.އެފް.އެސް އަދި އެމް.އެން.ޔޫ.ބީ.އެސްގެ އަންހެން ޓީމުތައް ކުއާޓާ ފައިނަލަށް

2026-05-09
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab