

ހަރަކާތުގެ ތެރެއިން
ކޮންމެ އަހަރެއްގެ އޭޕްރީލްމަހު 14 އަކީ ރާއްޖޭގައި ދިވެހިބަހުގެ ދުވަހުގެ
ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. އެގޮތުން، މިއަހަރު ސްޓޫޑެންޓް ޔުނިއަންއިން އިސްނަގައިގެން ކުޅުދުއްފުށީ ކެމްޕަހުގައިވަނީ މި ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައެވެ.
މި ދުވަހަކީ ކުޅުދުއްފުށީ ކެމްޕަހުގައި މިއަހަރު ތަޢުލީމު ޙާޞިލްކުރަމުންދާ ހުރިހާ ދަރިވަރުންނަށާއި ސްޓާފުންނަށް ހުޅުވާލައިގެން ފާހަގަކުރެވުނު ދުވަހެކެވެ. މި ދުވަހުގެ ހަރާކާތްތައް ފެށިފައިވަނީ ސްޓޫޑެންޓް ޔުނިއަން ކުޅުދުއްފުށީ ގޮފީގެ ނަމާއި ލޯގޯ އިފްތިތާޙުކުރުމުންނެވެ. މިގޮތުން، ސްޓޫޓެންޓް ޔުނިއަން ކުޅުދުއްފުށީ ގޮފީގެ ނަމަކަށް ކަނޑައަޅާފައިވަނީ “ ގުރުޒު“ އެވެ. ނަން ހުށައެޅި ކުޅުދުއްފުށީ ކެމްޕަހުގެ ދަރިވަރު އަބްދު ﷲ މުޙައްމަދުއަށް ވަނީ ފައިސާގެ އިނާމް ހަވާލުކުރެއްވިއެވެ.
މީގެއިތުރުން، މި ދުވަހާ ގުޅުވައިގެން ފިނި ހިއްޕެވުމަކާއި ގޭމްތަކެއްވަނީ ބާއްވާފައެވެ. އެގޮތުން، ބޭއްވި ގޭމްތަކުގެ ތެރޭގައި ކުއްލި މައުޟޫއަށް ވާހަކަދެއްކުމާއި، ލުނބޯ ރޭސް އަދި ބަހުސްކުރުން ހިމެނެއެވެ. މީގެއަތުރުން، ދިވެހިބަހުގެ ދުވަހާ ގުޅުވާގެން ހެދި ފްރޭމްއާއެކު ފޮޓޯނެގުމުގެ ފުރުސަތުވެސް ވަނީ މި ދުވަހުގައި ދީފައެވެ.


ހަރަކާތުގެ ތެރެއިން




