ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީ.އެސް.އެސް.އޭ) އިން ކުރިން އަހަރެތަކެކޭ އެއްފަދައިން މިއަހަރުގެ ރަމަޟާންމަހުވެސް ފީފާ ޓޯނަމެންޓް ބާއްވަން ނިންމައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ދަރިވަރުންނަށް ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ 13 އޭޕްރީލްވާ ބުދަ ދުވަހުގެ 23:00 ގައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ގިނަ ދަރިވަރުންތަކެއް މިހާތަނަށް މުބާރާތުގައި ވަނީ ބައިވެރިވެފައެވެ.
ކުރީ އަހަރުަތަކުގައި ބޭއްވުނު ބީ.އެސް.އެސް.އޭ ފީފާ ޓޯނަމެންޓް އިތުރަށް ފުޅާ ކުރުމުގެ ގޮތުން މިފަހަރު މުބާރާތް ބާއްވަނީ އެމް.އެން.ޔޫ.އެސް.ޔޫ ބީ.އެސް.އެސް.އޭ ފީފާ ޓޯނަމެންޓްގެ ނަމަުގައެވެ.
އެމް.އެން.ޔޫ ގެ ހުރިހާ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ކުރީ އަހަރުތަކެކޭ ހިލާފަށް މިއަހަރު މިމުބާރާތް ކުރިޔަށް ގެންދަނީ މުޅިން އަލަށް އަންހެން ޑިވިޝަނަށް ވެސް ހުޅުވާލައިގެންނެވެ.
ބައިވެރިވުމަަށް އެދޭ ފޯމް މިހާރު ބީ.އެސް.އެސް.އޭގެ ފޭސްބުކް ޕޭޖް އިން ލިބިގެންދާނެއެވެ.
މިއީ 2019 ވަނަ އަހަރުން ފެށިގެން ގިނަ ދަރިވަރުންގެ ތަރުހީބާއެކު ފޯރިގަދަކޮށް ބާއްވަމުން އަންނަ މުބާރާތެކެވެ.





