ބީ.އެސް.އެސް.އޭ އިން މިއަހަރު ބޭއްވި އިންސްޓަގްރާމް ފޮޓޯ ޗެލެންޖްގެ އެއްވަނަ ތައިބާ މުހައްމަދު ހޯދައިފިއެވެ.
މިއީ ރާއްޖޭގެ މިނިވަން ދުވަހާއި ގުޅުވައިގެން ބީ.އެސް.އެސް.އޭ އިން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ.
އެމް.އެން.ޔޫގެ ހުރިހާ ފެކަލްޓީއަކަށް ހުޅުވާލައިގެން ކުރިޔަށްގެންދިޔަ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ޖުލައި 21 ގައެވެ. މުބާރާތުގައި ބައިވެރިވުމަށްޓަކައި ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތުވަނީ ހުޅުވާލެވިފައެވެ. ފޮޓޯ ޗެލެންޖްގެ ބައިވެރިންގެ ފޮޓޯތަކަށް ވޯޓުލުމުގެ ފުރުސަތު 28 ޖުލައި އިން 30 ޖުލައިގެ ނިޔަލަށްވަނީ ހުޅުވާލެވިފައެވެ.
އެގޮތުން އެންމެ ގިނަ ވޯޓް ހޯދާ ފަރާތަކަށް 500 ރުފިޔާ އިނާމް އަކަށް ދޭންވަނީ ނިންމާފައެވެ.
މި މުބާރާތް ތައިބާ މުހައްމަދު ކާމިޔާބު ކޮށްފައިވަނީ 715 ވޯޓް ހޯދައިގެންނެވެ. އަދި ދެވަނަ ލިބިފައިވަނީ 698 ވޯޓު ހޯދައިގެން ފާތިމަރު ނައުޝީން އަށެވެ. މީގެ އިތުރުން ތިންވަނަ ފަޒްމިނީ ޖަލީލް އަށް ލިބުނީ 228 ވޯޓު ހޯދައިގެންނެވެ.
މި ފެށޭ ސެމިސްޓަރގައިވެސް ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންދަން ބީ.އެސް.އެސް.އޭ އިން ވަނީ ނިންމާފައެވެ.






