ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އަށް މި ފެބުރުވަރީ އިންޓޭކްގައި ގުޅުނު ދަރިވަރުންނަށް، ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އިން ބާއްވާ ވެލްކަމް ނައިޓް މި އަންނަ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ (24 ފެބުރުވަރީ) ހުކުރު ދުވަހުގެ ރޭ، 19:30 ގައި އެމް.އެން.ޔޫ ޕީ.އީ ހޯލުގައެވެ.
ފެސާއިން ބާއްވާ ވެލްކަމް ނައިޓަކީ ފެކަލްޓީ އޮފް އެޑިއުކޭޝަނަށް މި ޓާމުގައި އަލަށް ގުޅުނު ދަރިވަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގެ މަޤުސަދަކީ އަލަށް ގުޅުނު ދަރިވަރުންނަށް އުފާވެރި މާހައުލެއްގައި ގުޅުން ބަދަހިކޮށް، މަޖާކޮށްލާ އެކުވެރިކަން އާލާކުރުމުގެ ފުރުސަތު ދިނުމެވެ. މި ނައިޓްގައި އަލަށް އިންތިޚާބު ކުރެވުނު ހިންގާ ކޮމިޓީ ތަޢާރަފްވުމުގެ އިތުރުން މަޖާ ކުޅިވަރުތަކެއް ވެސް ކުޅެވިގެން ދާނެއެވެ.
ފެސާއިން މިދިޔަ ސެމިސްޓަރގައި ”ފެސްލް“ ގެ ނަމުގައި އެސް.އެސް.އެލް އާއި ގުޅިގެން ކާމިޔާބުކަމާއެކު ވެލްކަމް ނައިޓް ކުރިޔަށްގެންގޮސްފައިވެއެވެ.






