ބައިނަލްޢަޤުވާމީ މާދަރީ ބަހުގެ ދުވަހާ ގުޅިގެން ފެސާއިން އިންތިޒާމްކޮށްގެން ބާއްވާ ”އެމް.އެން.ޔޫ.އެސް.ޔޫ-ފެސާ އިޝާރާތް މުބާރާތް 2023“ މި ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.
މި މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ އެފް.އީ އޮޑިޓޯރިއަމްގައި 25 ފެބުރުވަރީ ވާ ހޮނިހިރު ދުވަހުގެ ރޭގައެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ފެކަލްޓީއަކުން 5 ދަރިވަރުން ބައިވެރިވާގޮތަށެވެ. މި މުބާރާތުގެ މަޤުސަދަކީ ޔުނިވަރސިޓީގެ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ. އަދި ހަމައެހެންމެ ދަރިވަރުންގެ ހިތްތަކުގައި މާދަރީ ބަހަށް ލޯބި އިތުރުކުރުވުމެވެ.
އެމް.އެން.ޔޫ.އެސް.ޔޫ-ފެސާ އިޝާރާތް މުބާރާތަށް ނަން ނޯޓުކުރުމުގެ ފުރުސަތު ވާނީ 23 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހުގެ 18:00 ގެ ނިޔަލަށް ހުޅުވާލެވިފައެވެ.
މިނިމިދިޔަ އަހަރުގައިވެސް ފެސާއިން ކާމިޔާބުކަމާއިއެކު މި ހަރަކާތް ނިންމާލައިފައިވާއިރު ފަޚުރުވެރި އެއްވަނަ ހާސިލްކޮށްފައިވަނީ ސްކޫލް އޮފް ނާރސިންގ ގެ ގޮފި ނިއަރެސްއިންނެވެ.






