26 ފެބުރުވަރީ 2023 ވީ އާދިއްތަ ދުވަހުގެރޭ ސީ.އޭ އޮޑިޓޯރިއަމްގައި ބޭއްވުނު ”ތިއޭޓަރ ވޯރލްޑް ވިތު ތަރަހަ“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ސަތޭކައަށްވުރެ ގިނަ ކުދިންނާއެކު ބޭއްވިގެން ދިޔަ މި މޫވީ ނައިޓްގައި ބައިވެރިވި ކުދިންގެ ފަރާތުންވެސް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔައެވެ.
މޫވީ ކުރިޔަށް ދިޔައިރު ކެންޓީންގެ ޚިދުމަތް މެދުކެނޑުމެއްނެތި ލިބިގެން ދިޔައެވެ. ގިނަ އަދަދެއްގެ ކުދިން ކެންޓީން އިން ލިބެން ހުރި ތަކެތި ގަނެފައިވާކަން ފާހަގަ ކުރެވުނެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ދަރިވަރުން ވަނީ މިފަދަ އިވެންޓުތައް ގިނައިން ބޭއްވުމަށް އެދިފައެވެ.
ތަރަހައިން މި މޫވީ ނައިޓް ބޭއްވުމުގެ މަޤްސަދު ޙާސިލް ވިއެވެ. ކުދިންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދެވުނެވެ. އަދި ތަރަހައިން ކުރިޔަށް ރޭވިފައިވާ ހަރަކާތް ތަކުގައި ބޭނުންކުރާނެ ފައިސާވެސް ކެންޓީންއާއި މޫވީ ޓިކެޓް މެދުވެރިކޮށް ހޯދުނެވެ. މި ހަރަކާތުގައި އެކި ގޮތް ގޮތުން ތަރަހައަށް އެހީވެދިން ހުރިހާ އިސްވާރުންނަށް ތަރަހައިގެ ފަރާތުން ޝުކުރު އަދާކުރެއެވެ. ތަރަހައިން މިހާރު ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިއަކީ އިތުރު ގިނަ އިވެންޓްތައް ކާމިޔާބުކަމާއެކު ރާވާ ކުރިޔަށްގެންދިޔުމެވެ.
“ތަރަހަ މޫވީ ނައިޓް” އަކީ ތަރަހައިން ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދާ ހަރަކާތެކެވެ. ނަމަވެސް 2022 ވަނަ އަހަރު “ ތިއެޓަރ ވޯލްޑް ވިތު ތަރަހަ“ އަށް ނަން ބަދަލުވެ މި ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިނަމުގައެވެ. މިއީ އެތައް ކުދިންނެއް ހިތްހަމަޖެހުން ފާޅުކުރި ކަމެކެވެ. މި ހަރަކާތް ވެފައިވަނީ ގިނަ އަދަދެއްގެ ދަރިވަރުން ގަޔާވާ، ގިނަ އަދަދެއްގެ ދަރިވަރުން ބަލައިގަންނަ ހަރަކާތަށެވެ.





