ފެކަލްޓީ އޮފް އެޑިއުކޭޝަނަށް މި ސެމިސްޓަރގައި އަލަށް ގުޅުނު ދަރިވަރުންނަށް ”ފެސާ ވެލްކަމް ނައިޓް 2023“ ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
ވެލްކަމް ނައިޓް ބާއްވާފައިވަނީ 24 ފެބުރުވަރީ ވީ ހުކުރު ދުވަހު އެފް.އީ ޕީ.އީ ހޯލްގައެވެ.
ތިރީހަކަށް ކުދިން ބައިވެރިވި މި ނައިޓްގައި އެކި ކަހަލަ މަޖާ ކުޅިވަރުތައް ކުރިޔަށް ގެންގޮސްފައިވެއެވެ. އިވެންޓް ފެށިގެން ދިޔައީ ފެސާގެ އަލަށް އައްޔަން ކުރެވުނު ހިންގާ ކޮމިޓީގެ ތަޢާރަފްވުމަކަށް ފަހުގައެވެ. ފެސާގެ މިހާރުގެ ރައީސާ އައިމިނަތު ރައުފާ ސައީދު ވެސް ވަނީ ވާހަކަދައްކަވާފައެވެ. ރައުފާ ވިދާޅުވެފައިވަނީ ފެސާއިން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމަށް އަދި އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ދަރިވަރުން ކުރިޔަށް އޮތް ތަނުގައި ފެންނާނެ ކަމަށް އުއްމީދުކުރާކަމެވެ.


ވެލްކަމް ނައިޓްގެ ތެރޭގައި ވަނީ ފެސާ ލީޑާރސް ގްރޫޕަށް އަދި އެމް.އެން.ޔޫ.އެސް.ޔޫ ލީޑާރސް ގްރޫޕާ ގުޅެން ބޭނުންވާ ކުދިންގެ ނަން ނޯޓު ކުރެވިފައެވެ
މި ހަރަކާތުގެ މަގްސަދަކީ އަލަށް ގުޅުނު ދަރިވަރުންނަށް އުފާވެރި މާހައުލެއްގައި ގުޅުން ބަދަހިކޮށް، މަޖާކޮށްލާ އެކުވެރިކަން އާލާކުރުމުގެ ފުރުސަތު ދިނުމެވެ.
ވެލްކަމް ނައިޓް މިހާ ފުރިހަމައަށް ބޭއްވިގެން ދިޔަ ކަމަށްޓަކައި އަލަށް އައްޔަން ކުރެވުނު ރައީސް އަހްމަދު ނާބިތު ވަނީ ލީޑަރުންނަށް ޙައްޤު ޝުކުރު އަދާކޮށްފައެވެ.






