ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އާއި ”ކޭތިޔާ“ ގުޅިގެން އެމް.އެން.ޔޫ ފަހި ސުފުރާގައި ސްޓޯލެއް ކުރިޔަށް ގެންގޮސްފިއެވެ.
މާރިޗު މަހުގެ 1 ން 2 ށް ކުރިޔަށް ދިޔަ މި ސްޓޯލްގައި އެކިކަހަލަ ކާ އެއްޗެހި ވިއްކާފައިވެއެވެ. އެގޮތުން ކެރެޓް ކޭކާއި ކަދުރު ކޭކާއި ރެޑްވެލްވެޓް ކޭކު އަދި ޗޮކުލެޓު ކޭކުގެ އިތުރުން ބާސްކް ޗީސްކޭކު ވެސް ވިއްކާފައިވެއެވެ. ފޮނި ބާވަތްތަކުގެ އިތުރުން ހަވާދާއި އަސާރަވެސް ވަނީ ވިއްކާފައެވެ. އޭގެ ތެރޭގައި ގަރަމް މަސަލާއާއި އައްޑޫ ހަވާދާއި ކަދުރު އަދި އަނބު އަސާރަވެސް ވަނީ ވިއްކާފައެވެ.


މި ސްޓޯލްގެ މައިގަނޑު މަގްސަދަކީ ފެސާގެ ކުރިޔަށް ރޭވިފައި ހުރި ހަރަކާތްތަކަށް ފަންޑު ހޯދުމެވެ.
މި ސްޓޯލް ހިންގުމުގެ ފުރުޞަތު ފެސާއަށް ދެއްވީތީ ކޭތިޔާއަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ.






