ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފި ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީ.އެސް.އެސް.އޭ)ގެ މަދަހަ ޗެލެންޖު ފަށައިފި އެވެ.
ސިލްސިލާކޮށް ބީ.އެސް.އެސް.އޭ އިން ކުރިއަށްގެންދާ މި މުބާރާތުގައި ކޮންމެ 10 ދުވަހުން މަދަހަ ޗެލެންޖެއް ފޭސްބުކުގައި ހިއްސާކުރެވިގެންދާނެއެވެ.
މި ޗެލެންޖު އާންމުންނަށް ހުޅުވާލާފައިވާއިރު، ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޭސްބުކަށް މަދަހަ އަޕްލޯޑު ކުރުމަށްފަހު، ޗެލެންޖުގެ ހޭޝްޓެގު ވީޑިއޯގެ ކެޕްޝަނުގައި ހިމަނަންޖެހޭނެއެވެ. އަދި އަޕްލޯޑުކުރެވޭ ވީޑިއޯ ވާންވާނީ ޕަބްލިކް ވީޑިއޯއަކަށެވެ. މި ޗެލެންޖާގުޅޭ އިތުރު މަޢުލޫމާތު ބީ.އެސް.އެސް.އޭގެ ޕޭޖުން ލިބޭނެއެވެ.
ބީ.އެސް.އެސް.އޭ މަދަހަ ޗެލެންޖުން ވަނަވަނައަށް ދާ ފަރާތްތައް ރޯދަމަހަށްފަހު އިޢުލާންކުރެވޭނެއެވެ.
ބީ.އެސް.އެސް.އޭއަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގެ ދަށުން އެމް.އެން.ޔޫ.ބީ.އެސް ގައި ގާއިމްކޮށްފައިވާ ގޮތްޕެވެ.





