އެހެން އަހަރުތަކުގެ ރޯދަ މަސްތަކެކޭވެސް އެއްފަދައިން މި އަހަރުވެސް ފެސާއިން ވަނީ ”ރަމަޟާން ވިތު ފެސާ“ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ހިންގާފައެވެ.
އެގޮތުން ”ޑެއިލީ ރިމައިންޑާރ“ ގެ ނަމުގައި ކޮންމެ ދުވަހަކުވެސް ނަސޭހަތުގެ ބަސްކޮޅެއް، ނޫނީ ރޯދަ މަހާ ގުޅުން ހުރި ހަދީޘް ނުވަތަ ޤުރުއާނުގެ އާޔަތެއް ވަނީ ގެނެސްދީފައެވެ. މީގެ އިތުރުން ”ކުކިންގ ޓިޕްސް“ގެ ނަމުގައި ބަދިގޭގައި ކައްކަން އުޅޭއިރު ދިމާވާ ތަފާތު ކަންކަމަށް ހައްލެއް ހޯދުމަށް ނުވަތަ ކައްކާ ތަކެތީގެ ރަހަ އިތުރަށް ފުރިހަމަށް ކޮށްލުމަށް ދެވޭ ޓިޕެއްގެ ގޮތުގައި މިބައި ގެނެސްދީފައިވެއެވެ. ކޮންމެ ހުކުރު ދުވަހަކަށް ޚާއްޞަކޮށް ފެސާއިން ވަނީ ”ޕީސް އޮފް ތަދައްބަރް“ގެ ނަމުގައި ޤުރުއާނުގެ އާޔަތެއްގެ މާނަ ތަފްސީލުކޮށް ނޫނީ ކޮންމެވެސް ފޮތެއްގައި މައިގަނޑު ގޮތެއްގައި ހާސިލް ކުރަންޖެހޭ އިބުރަތުގެ ވާހަކަތައް ވަނީ މިބައިގައި ޚާއްޞަ ސަމާލުކަމެއް ދީގެން ގެނެސްދީފައެވެ.




މި ހުރިހާ ބައިތަކެއްވެސް ވަނީ ފެސާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ގެނެސްދީފައެވެ.
މި އަހަރުގެ ރަމަޟާން މަހުގެ ބަރަކާތް އެންމެ އެދެވޭ ގޮތުގައި ހިފުމަށް މަގެއް ތަނަވަސްކޮށްދެވުނުކަމަށް އުއްމީދުކުރަމެވެ.






