ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އިން އެމް.އެން.ޔޫ ފަހި ދުވަހުގައި ބައިވެރިވެއްޖެއެވެ.
ޖޫން 17 ވީ ހޮނިހިރު ދުވަހު އާރޓިފިޝަލް ބީޗްގައި ބޭއްވުނު މި އިވެންޓްގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)ގެ ސްޓޯލްގައި ފެސާގެ އިސްވާރުން ވަނީ ހަރަކާތްތެރި ވެފައެވެ. އެގޮތުން ފެސާގެ ބައެއް އިސްވާރުން ވަނީ ކާޓޫނު ކެރެކްޓަރުން ރަމްޒު ކުރާ ގޮތަށް ހެދުން އަޅައިގެން ކުޑަ ކުދިންނާ އެކު ވަގުތުކޮޅެއް ހޭދަ ކޮށްފައެވެ. ކެންވަސް ޕެއިންޓިންގ އާއި ކުލަޖެއްސުމާއި ”އައިޑެންޓިކަލް ކާރޑްސް“ ނަމަކަށް ކިޔާ ގޭމެއްވެސް ފެސާއިން ވަނީ ކުޅެފައެވެ. މީގެ އިތުރުން ބޮޑެތި މީހުންނަށް ޚާއްސަކޮށް ”ކުއިޒިޒް“ މެދުވެރިކޮށް ”ޓްރިވިއާ ކުއިޒް“ އެއްވެސް ފެސާއިން ވަނީ ކުރިޔަށް ގެންގޮސްފައެވެ.


އެފް.އީ އިން ފެސާއަށް މި ފުރުސަތު ދެއްވިކަމަށްޓަކައި ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަމެވެ. އަދި ޚާއްސަކޮށް އަޅުގަނޑުމެންގެ ލެކްޗަރަރ ޑރ. އައިމިނަތު ޝާފިޔާ އާދަމް އަޅުގަނޑުމެންނަށް ދެއްވި އެހީއާއި އެއްބާރުލުމަށްވެސް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ.






