އޮސްޓްރޭލިއާގެ ކުއީންސްލެންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ އިންކްލޫސިވް އެޑިއުކޭޝަން ކިޔަވާ ދަރިވަރުންތަކެއް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއަށް ކުރި ޒިޔާރަތުގައި ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން އިން ބައިވެރިވެއްޖެއެވެ.
މިއަދު ހެނދުނު 9:30 ގައި އެމް.އެން.ޔޫއަށް ޒިޔާރަތް ކުރި މި ދަރިވަރުންނަށް ވަނީ ކެމްޕަސް ތެރެ ދައްކާލާފައެވެ. އެއަށްފަހު އެމް.އެން.ޔޫގެ ދަރިވަރުންނާއި އޮސްޓްރޭލިއާގެ ދަރިވަރުންގެ މެދުގައި ގުޅުން ބަދަހި ކުރުމަށް އެކި ކަހަލަ ކުޅިވަރުތައް ކުޅެވިގެން ދިޔައެވެ. ކުޅިވަރުތަކަށް ފަހު އެމް.އެން.ޔޫ.އެސް.ޔޫ ބޮޑުބެރު އަދި ޑާންސް ޓީމްގެ މެމްބަރުން އޮސްޓްރޭލިޔާގެ ދަރިވަރުންނަށް ބެރު ޖަހާގޮތާއި ޘަގާފީ ނެށުން ދައްކައިދީ ދަސްކޮށްދީ ހެދިއެވެ. ހެނދުނުގެ ޙަރަކާތްތައް ސަޔަކުން ނިންމާލުމަށްފަހު، އެ ދަރިވަރުންނާއެކު މާލޭގެ އާސާރީ ބިނާތަކަށްވެސް ޒިޔާރާތްކުރެވުނެވެ.
އޮސްޓްރޭލިއާގެ ކުއީންސްލެންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ އިންކްލޫސިވް އެޑިއުކޭޝަން ކިޔަވާ ދަރިވަރުންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލާ ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ފެސާއަށް ދެއްވިކަމަށްޓަކައި ލީލާ މިސް އަދި އަޒްރާ މިސްއަށް ވަރަށް ހާއްސަ ޝުކުރެއްދަންނަވަމެވެ. އަދި ހާއްސަކޮށް އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ ރައީސް ޢަބްދުﷲ ޝަހުނީޒް އާއި އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމިޓީއާއި، ލީޑަރުން އަދި އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ ޓީމަށްވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަމެވެ.






