ބިޒްނަސް ސްކޫލް ސްޓޫޑެންޓްސް އެސޯސިއޭޝަން (ބީއެސް.އެސް.އޭ)ގެ ލީޑަރސް ގްރޫޕާއި އަލަށް ގުޅުނު ދަރިވަރުންނަށް ޚާއްސަކޮށްގެން ބީ.އެސް.އެސް.އޭ އިން ދަތުރެއް ގޮސްފިއެވެ.
މި ދަތުރު ގޮސްފައިވަނީ ހުޅުމާލެ ފޭސް 1 ބީޗަށެވެ. ދަތުރުގެ މައިގަނޑު މަގްސަދަކީ ލީޑަރސް ގްރޫޕާ އަލަށް ގުޅުނު ދަރިވަރުންނަށް ބީ.އެސް.އެސް.އޭ އިން ކުރާ މަސައްކަތް ކިޔައިދިނުމާއި، ލީޑަރސް ގްރޫޕަށް މަރުހަބާ ކިޔުމެވެ.
ހުކުރު ދުވަހު ހެނދުނު ކުރިޔަށް ގެންދެވުނު މިދަތުރު ފެށުނީ ހުރިހާ ބައިވެރިން އެއްކޮށް ހެނދުނުގެ ސައި ބޮއެގެންނެވެ. ދަތުރުގައި ތަފާތު ގިނަ ކުޅިވަރުތައް ކުޅެވުނު އިރު، އަލަށް ގުޅުނު އިސްވާރުންނާއި ކުރިން ހަރަކާތްތެރި ވަމުން އައި އިސްވާރުން މެދުގައި ރަނގަޅު ގުޅުމެއް ބިނާކުރެވުނެވެ.
މިއީ އައު އިސްވާރުންނަށް އަމާޒުކޮށްގެން ބީ.އެސް.އެސް.އޭއިން މިއަހަރު ދަތުރެއް ދިޔަ ދެވަނަ ފަހަރެވެ. ބީ.އެސް.އެސް.އޭގެ އަމާޒަކީ އަލަށް ގުޅުނު އިސްވާރުންނާއެކު މިއަހަރުގެ ކުރިއަށް އޮތް ތަނުގައި ގިނަ ކާމިޔާބީތަކެއް ހޯދުމެވެ.





