ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން އިން އަހަރީ ގޮތުން ބާއްވަމުން އަންނަ ”ހަވާސް ޝޯވ“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޝޯވ ކުރިޔަށް ދިޔައީ 2023 ސެޕްޓެމްބަރު 15 ވީ ހުކުރު ދުވަހުގެ ރޭ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ. ޝޯވ ގައި އެފް.އީ އާ ލައިގެން 6 ފެކަލްޓީއަކުން ވަނީ 10 އައިޓަމެއް ހުށަހަޅާފައެވެ. މީގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫ ބޮޑުބެރު ގްރޫޕުންވެސް ވަނީ އައިޓަމެއް ހުށައަޅާފައެވެ.
ހަވާސް ޝޯވ އަކީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރުންގެ ހުނަރުގެ އިތުރުން އެހެން ފެކަލްޓީތަކުގެ ކުދިންގެ ހުނަރު ދައްކާލުމަށްދެވޭ ފުރުސަތެކެވެ.
މިއަހަރުގެ ޝޯވ މިހާ ފުރިހަމަކަމާއެކު ބޭއްވިގެންދިޔަކަމަށްޓަކައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާސްތެރި ޝުކުރެއް އަދާކުރަމެވެ.






