ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ)ގެ މިއަހަރުގެ ހަތަރުވަނަ މޫވީ ނައިޓް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.
އޮކްޓޫބަރު 7 ވީ ހޮނިހިރު ދުވަހުގެ ރޭ 20:00 ގައި އެފް.އީ އޮޑިޓޯރިއަމްގައި ބޭއްވިގެން ދިޔަ މި މޫވީ ނައިޓްގައި އަޅުވާފައިވަނީ ”ސްޕައިޑަރމޭން އެކްރޮސް ދި ސްޕައިޑަރ ވާރސް“ އެވެ.
މޫވީ ނައިޓްގެ ޓިކެޓު 10 ރުފިޔާއަށް ވިއްކާފައިވާއިރު އޮންލައިންކޮށް ޓިކެޓު ގަތުމުގެ ފުރުސަތުވެސް އޮތީ ހުޅުވާލާފައެވެ.
ކުރިން ފަހަރެކޭވެސް އެއްފަދައިން މިފަހަރުވެސް ކެންޓީނުގެ ޚިދުމަތްތައް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ސޮސެޖާއި، ޕޮޕްކޯންގެ އިތުރުން ފެންވެސް ވަނީ ވިއްކާފައެވެ.
މި ހަރަކާތުގެ މަގްސަދަކީ ދަރިވަރުންނަށް އެކުވެރިންނާއެކު ވަގުތުކޮޅެއް ހޭދަ ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން ފެސާއިން ކުރިޔަށް ރާވާފައި ހުރި ހަރަކާތްތަކަށް ބަޖެޓު ހޯދުމަށް ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.
ފެސާއިން ވަނީ އިތުރު ފަންޑްރެއިޒިން ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައެވެ.






