ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން އިންތިޒާމްކޮށްގެން ބާއްވާ ”3 އޮން 3 ފުޓްސަލް ޓޯނަމެންޓް“ ގެ ގުރުއަތު ނެގުުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ 26 އޮކްޓޯބަރ ވީ ބުރާސްފަތި ދުވަހުގެ ރޭ، އެމް.އެން.ޔޫ ސެންޓްރަލްގައެވެ. މުބާރާތުގައި ކުޅޭ ހަތް ޓީމްގެ މެދުގައި ވަނީ ގުރު ނަގާފައެވެ.
އެފް.އީ ޕީ.އީ ހޯލުގައި ކުޅެން ހަމަޖެހިފައިވާ މި މުބާރާތް ފެށޭނީ ހޮނިހިރު ދުވަހުގައެވެ.
މިއީ ފެސާއިން މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2016 ވަނަ އަހަރު ”އެފް.އީ 3 އޮން 3 ސޮކަރ ޗެލެންޖް“ ގެ ނަމުގައެވެ.






