ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އަށް 2024 ވަނަ އަހަރުގެ ފުރަތަަމަ އިންޓޭކުގައި އަލަށް ގުޅުނު ދަރިވަރުންނަށް، ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އިން ބާއްވާ ވެލްކަމް ނައިޓް މި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 15 ފެބުރުވަރީ ވާ ބުރާސްފަތި ދުވަހުގެ ރޭ 19:45 ގައި އެމް.އެން.ޔޫ ޕީ.އީ ހޯލުގައެވެ.
ފެސާއިން ބާއްވާ ވެލްކަމް ނައިޓަކީ ފެކަލްޓީ އޮފް އެޑިއުކޭޝަނަށް މި ޓާމުގައި އަލަށް ގުޅުނު ދަރިވަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގެ މަޤުސަދަކީ އަލަށް ގުޅުނު ދަރިވަރުންނަށް އުފާވެރި މާހައުލެއްގައި ގުޅުން ބަދަހިކޮށް، އެކުވެރިކަން އާލާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އަަދި މިހަރަކާތުގައި ފެސާގެ ހިންގާ ކޮމިޓީގެ މެމްބަރުން ތަޢާރަފްވުމުގެ އިތުރުން މަޖާ ކުޅިވަރުތަކެއް ވެސް ކުޅުމަށް ވަނީ ރޭވިފައެވެ.
ފެސާއިން މިދިޔަ ސެމިސްޓަރގައި އަލަށް ގުޅުނު ދަރިވަރުންނަށް އަމާޒުކޮށްގެން ”ގޭމްސްނައިޓް“ ވަނީ ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.






