Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ހަރަކާތް

ޤުރުއާން މުބާރާތުން މަމްދޫޙާ އަދި ރިފްދާއަށް 1 ވަނަ ލިބުނުއިރު، 1 ވަނަ ގޮތްޕަކަށް ފެސާ އަދި އެސް.އެސް.އެލް

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2018-05-11
in ހަރަކާތް
ޤުރުއާން މުބާރާތުން މަމްދޫޙާ އަދި ރިފްދާއަށް 1 ވަނަ ލިބުނުއިރު، 1 ވަނަ ގޮތްޕަކަށް ފެސާ އަދި އެސް.އެސް.އެލް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އާއި ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ (އެސް.އެސް.އެލް) އާއި ގުޅިގެން ބޭއްވި ”އެމް.އެން.ޔޫ.އެސް.ޔޫ، އެސް.އެސް.އެލް ޤުރުއާން މުބާރާތް 2018″ގެ ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ ދަރިވަރަކަށް ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ދަރިވަރު ރިފްދާ މުޙައްމަދު ރަޝީދު އަދި ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ދަރިވަރަކަށް ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރު މަމްދޫޙާ ޢަބްދުލްޢަޒީޒް ހޮވިއްޖެއެވެ. ހަމަ މިއާއިއެކު، ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ ގޮތްޕަކަށް ހޮވިފައިވަނީ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް (އެފް.އެލް.އައި.އެސް)ގައި ޤާއިމު ކުރެވިފައިވާ އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފިކަމަށްވާ ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ (އެސް.އެސް.އެލް) އެވެ. އަދި ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ގޮތްޕަކަށް ހޮވިފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގައި ޤާއިމު ކުރެވިފައިވާ އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފިކަމަށްވާ ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓްސް އެސޯސިއޭޝަން (ފެސާ) އެވެ.

ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ

މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު އޮތީ 10 މެއި 2018ވީ ހޮނިހިރުދުވަހުގެރޭ 08:30ގައި އެމް.އެން.ޔޫގެ ސީ.އޭ އޮޑިޓޯރިއަމްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ އެމް.އެން.ޔޫގެ ރެޖިސްޓަރަރ ޑރ. ސަޢުދުﷲ ޢަލީއެވެ. ރަސްމިއްޔާތުގައި އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފާއި، ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްފާޟިލާ ޢާއިޝަތު ޝާޙީން އަދި ޑީން އޮފް ސްޓޫޑެންޓްސް އަލްފާޟިލާ ނާދިޔާ އަޙްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސް.އެސް.އެލްގެ ރައީސް ނަޝީދު ޢަބްދުﷲ ވަނީ މުބާރާތުގެ އެކިއެކި ކަންކަމުގައި އެހީތެރިވެދިން ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. މިގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކަށާއި، އެމް.އެން.ޔޫ.އެސް.ޔޫ އަދި އެސް.އެސް.އެލްގެ ހިންގާ ކޮމިޓީގެ މެންބަރުންނަށް އެބޭފުޅާވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އެސް.އެސް.އެލްގެ ފަރާތުން ބާއްވާ ލޯ އާޓިކަލް ލިޔުމުގެ މުބާރާތެއްވަނީ އިޢުލާންކޮށްފައެވެ.

އިނާމު ދިނުމުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ

މުބާރާތުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ ޤުރުއާނުގެ މުޞްޙަފު ހަދިޔާކޮށްފައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަރުޝަދު އަޝްރަފްވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި މުބާރާތަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު ޤުރުއާން މުބާރާތްކަން ފާހަގަކުރައްވާފައެވެ. މިގޮތުން މި މުބާރާތަކީ މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ ދަރިވަރުން (37) ބައިވެރިވި އެމް.އެން.ޔޫ.އެސް.ޔޫގެ ޤުރުއާން މުބާރާތެވެ. ރައީސް އަރުޝަދުގެ ވާހަކަފުޅުގައި ”އެމް.އެން.ޔޫ.އެސް.ޔޫ ދީނީ ސުވާލު މުބާރާތް 2018″ގެ ނަމުގައި މި ރޯދަމަހު މުބާރާތެއް ބާއްވާނެކަން ވަނީ އިޢުލާންކުރައްވާފައެވެ.

މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ އަށް ހޮވިފައިވަނީ ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގެ ދަރިވަރު ފާޠިމަތު ރާސިޔާ އެވެ. އަދި 2 ވަނަ އަށް ހޮވުނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރު އާމިނަތު ހުމައިދާ އެވެ. ނުބަލައި ކިޔެވުމުގެ ގޮފިން 3 ވަނަ އަށް ހޮވުނީ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ދަރިވަރު އާދަމް ނަޞީރު ޢަލީ ކަމަށްވާއިރު، 2 ވަނަ އަށް ހޮވުނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރު ޝައްފާން ފާއިޤެވެ.

ރަސްމިއްޔާތުގެ ތެރެެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ

މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ޓްރޮފީ ދެއްވާފައިވާއިރު، އެސް.އެސް.އެލް އިން ވަނީ އެ ގޮތްޕާއި އަލް ޢަޞްރު ޖަމާޢަތުން ގުޅިގެން ބާއްވާ ނަމާދު ވޯކްޝޮޕްގެ ޓިކެޓު ދެއްވާފައެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިނާމުދެއްވިއިރު، މުބާރާތުގެ 2 ގޮފީގެ 1 ވަނަ އަށް ދިޔަ 2 ދަރިވަރުންނަށް އެމް.އެން.ޔޫ.އެސް.ޔޫއިން ވަނީ 2500 ރުފިޔާގެ ފައިސާގެ އިނާމެއް ދެއްވާފައެވެ.

އިނާމު ދިނުމުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ

ރަސްމިއްޔާތުގެ ޝަރަފްވެރި މެޙްމާން އެމް.އެން.ޔޫގެ ރެޖިސްޓަރަރ ޑރ. ސަޢުދުﷲ ޢަލީގެ ވާހަކަފުޅުގައި ޤުރުއާން ކިޔެވުމުގެ މާތްކަމާއި މަތިވެރިކަމަށް ވަރަށް ބޮޑަށް އަލިއަޅުވާލެއްވިއެވެ. އަދި ޤުރުއާން މުބާރާތެއް ބޭއްވުމުގެ ބޭނުމަކީ ކޮންމެހެން ވަނަތަކެއް ހޮވުން ނޫންކަމާއި، ދަރިވަރުން ޤުރުއާން ކިޔެވުމަށް ޝަޢުޤުވެރިކުރުވުންކަމަށް ވިދާޅުވިއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)އެވެ.

Tags: 2018eventinter facultymnusuquranssl
އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

2026-04-15
‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

‎އެސްއެން – ނޭކަ “ހެލްތު ޑޭ ކުއިޒް” ކާމިޔާބު ކަމާއެކު ނިންމާލައިފި!

2026-04-14
ގުރުޒުގެ މިއަހަރުގެ ފުރަތަމަ މޫވީ ނައިޓް ވަރަށް ކާމިޔާބު!!

ގުރުޒުގެ މިއަހަރުގެ ފުރަތަމަ މޫވީ ނައިޓް ވަރަށް ކާމިޔާބު!!

2026-04-13

ބީއެސްއެސްއޭގެ ރޯދަމަހުގެ ޙަރަކާތްތައް ފޯރިއާއިއެކު ނިންމާލައިފި!

2026-04-13
ފެސާ-ހީލާރސް ތަރާވީސް ބާއްވައިފި!

ފެސާ-ހީލާރސް ތަރާވީސް ބާއްވައިފި!

2026-04-15
ފެސާ-ހީލާރސް ތަރާވީސް ބާއްވައިފި!

ޢީދު ހަދިޔާ ބަދަލު ކުރުން – މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް!

2026-04-15
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab