ބިޒްނަސް ސުކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީ.އެސް.އެސް.އޭ) އިން އިސްނަގައިގެން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކޮށްފިއެވެ.
އަންހެނުންގެ ދުވަހާއި މާހެފުން ބާއްވާފައި ވަނީ 08 މާރިޗު 2024 ވީ ހުކުރު ދުވަހުގެ ރޭ 08:00 ގައެވެ. މާހެފުން ބާއްވާފައިވަނީ ބިޒްނަސް ސުކޫލްގެ ވެއިޓިންގ އޭރިޔާގައެވެ. މާހެފުމަށް ފަހު ބިޒްނަސް ސުކޫލް ސެމިނަރ ރޫމްގައި އަންހުންގެ ދުވަސް ފާހަގަ ކުރެވިގެން ދިޔައެވެ. އެގޮތުން އަންހެނުންގެ ދުވަހަށް ތައްޔާރު ކުރެވުނު ކޭކް ފެޅުމާއި އަދި މުނިފޫހިފިލުވުމުގެ ގޮތުން ކަރެއޯކޭވެސް ކުރިޔަށް ގެންދެވުނެވެ. މި ދެހަރަކާތުގައިވެސް ބިޒްނަސް ސުކޫލްގެ ގިނަ ކުދިންތަކެއް ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ.
މާހެފުމަކީ ކޮންމެ އަހަރަކުވެސް ރޯދަމަހާ ކައިރިކޮށް ބީ.އެސް.އެސް.އޭއިން އިސްނަގައިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ. އަދި އަންހެނުންގެ ދުވަސް ފާހަގަކުރުމަކީވެސް ކޮންމެ އަހަރަކު ބީ.އެސް.އެސް.އޭއިން ބާއްވަމުން އަންނަ ހަރަކާތެކެވެ.
ބިޒްނަސް ސުކޫލް ސްޓޫޑެންޓް އެސޯސިއޭޝަނަކީ ދިވެހިރާއްޖޭގޭ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސުކޫލްގައި ޤާއިމުކޮށްފައިވާ ގޮތްޕެވެ. ބީ.އެސް.އެސް.އޭއިން ބާއްވާ މިފަދަ ހަރަކާތްތައް އިންތިޒާމްކޮށް ހިންގުމުގައި ހަރަކާތްތެރިވަނީ ބީ.އެސް.އެސް.އޭގެ ލީޑަރސް ގުރޫޕްގެ ދަރިވަރުންނެވެ.





