.
ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ”ފެސާ ރޯދަވީއްލުން 1445“ ފުރިހަމަ ކަމާއެކު ނިންމާލައިފިއެވެ.
މިއީ ފެސާގެ އިސްވާރުން ގުޅިގެން ރަމަޟާން މަހާއި ދިމާކޮށް ބާއްވާ ފުރަތަަމަ ރޯދަ ވީއްލުމެވެ. ރޯދަވީއްލުން ކުރިޔަށް ގެންގޮސްފައިވަނީ މާރިޗު 23 ވީ ހޮނިހިރު ދުވަހު އެމް.އެން.ޔޫ ސެންޓްރަލްގައެވެ.
މި ރޯދަވީއްލުމުގައި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ (އެފް.އީ) ދަރިވަރުންނާއި، އިސްވާރުންގެ އިތުރުން އެހެނިހެން ގޮފިތަކުގެ ހިންގާ ކޮމެޓީގެ މެންބަރުން ވަނީ ބައިވެރިވެފައެވެ. މި ރޯދަވީއްލުމަށް ތަކެތި ތައްޔާރުކޮށްދީފައިވަނީ ފެސާގެ ހީވާގި އިސްވާރުންނެވެ.މި ހަރަކާތުގެ މަޤްޞަދަކީ ފެސާގެ ލީޑަރުންނާއި، ލެކްޗަރާއިން އެހެނިހެން ގޮފިތަކުގެ ދަރިވަރުންނާއި ގުޅުން ބަދަހިކުރުމެވެ.
މި ރޯދަވީއްލުން ކާމިޔާބުކަމާއިއެކު ކުރިޔަށް ގެންދިޔުމަށް ފެސާގެ އިސްވާރުންގެ ފަރާތުންނާއި ބެޗް ލީޑަރުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ކުރިޔަށް ހުރި ހަރަކާތްތަކުގައި ވެސް ލިބިގެންދާނެ ކަމަށް ފެސާއިން އުއްމީދުކުރެއެވެ.






