ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ގޮފި ފެސާގެމި އަހަރުގެ ދެވަނަ ”ކެފެޓީރިޔާ“ވެސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ފެސާގެ ގެ ޙާއްސަ މެނިއު އަކާއެކު ”ކެފެޓީރިޔާ ބޭއްވުނީ 3 ސެޕްޓެމްބަރު ވީ އަންގާރަދުވަހު ހެނދުނު 10:30 އިން ފެށިގެން ރޭގަނޑު 8:00އާ ހަމައަށް އެމް.އެން.ޔޫ މެއިން ކެމްޕަހުގައެވެ.
ފެސާގެ މި ކެފެޓީރިޔާގައި މައިގަނޑު ގޮތެއްގައި ވިއްކާފައިވަނީ ސޮސެޖް ،ސޭންޑްވިޗް އަދި ،ފްރެޝް ބްލޫބެރީ މޮހީޓޯ އާއި ފެނެވެ.
ފެސާގެ “ ކެފެޓީރިޔާ – މޭޑް ވިތް ލަވް“ ކާމިޔާބު އިވެންޓަކަށް ހެދުމަށްޓަކައި، ކާބޯތަކެތި ތައްޔާރުކުރުމުން ފެށިގެން ކެފެޓީރިޔާގައި އެކި ގޮތްގޮތުން މަސައްކަތްކުރި ފެސާގެ ހިންގާ ކޮމިޓީގެ މެމްބަރުންނާއި ކުރީގެ މެމްބަރުންގެ އިތުރުން ފެސާގެ ހީވާގި އިސްވާރުންގެ ކޮށްފައިވަނީ ފުރިހަމަ މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.
ޔުނިވަރސިޓީގެ ލެކްޗަރާއިންނާއި ދަރިވަރުންގެ ފަރާތުން މި ފަންޑްރައިސްންގ އިވެންޓަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަމަށްޓަކައި ފެސާއިން ވަނީ ޝުކުރުއަދާކޮށްފައެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫ އިން އިވެންޓް ބޭއްވުމަށްޓަކައި ދެއްވި އެއްބާރުލުމާއި އެހީތެރިކަންވެސް ފާހަގަކޮށްފައެވެ.
މި އިވެންޓްގެ މައިގަނޑު މަޤްސަދަކީ މި ފަންޑުގެ ބޭނުންކޮށްގެން ދަރިވަރުންނަށް މަންފާ ކުރަނިވި ކަންކަން ހިންގުމަށް ފުރުޞަތު ފަހިކޮށްދިނުމެވެ.






