.ސޮސައިޓީ ފޯ ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް (ޝެޓްސް) އަށް އަލަށް ގުޅުނު އިސްވާރުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދުވުނު ”ޝެޓްސް ނިއު ލީޑާރސް ޓްރިޕް“ގެ މިފަހަރުވެސް ވިލިމާލެއަށް ގޮސްފިއެވެ
މި ދަތުރުގައި ޝެޓްސްއަށް އަލަށް ގުޅުނު 22 އިސްވާރުން ވަނީ ބައިވެރިވެފައެވެ. 4 ސެޕްޓެމްބަރ ވީ ބުދަ ދުވަހު ވިލިމާލެއަށް ކުރި މި ދަތުރުގައި ޝެޓްސްގެ ހިންގާ ކޮމެޓީއާއި މިހާރުވެސް ޝެޓްސްގައި ހަރަކާތް ތެރިވަމުން އަންނަ އިސްވާރުންނާއި އަދި ކުރީގެ އިސްވާރުންނާއި އެކު ޖުމުލަ 43 އިސްވާރުންވަނީ ބައިވެރި ވެފައެވެ.
މި ދަތުރަކީ ޝެޓްސް އަށް އަލަށް ގުޅުނު އިސްވާރުންނާއި، ޝެޓްސްގެ ހިންގާ ކޮމިޓީއާއި އަދި މިހާރުވެސް ޝެޓްސްގެ ހަރަކާތްކުގައި، ޙަރަކާތްތެރިވަމުންދާ އިސްވާރުންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް ގުޅުން ބަދަހި ކުރުމަށް ކުރިޔަށް ގެންދެވުނު ދަތުރެކެވެ.
ނިމިދިޔަ އަހަރުތަކުގައި ޝެޓްސްގައި އިސްކޮށް ޙަރަކާތްތެރިވެފައިވާ އިސްވާރުންގެ ފަރާތުން އިސްނަގައި މުނިފޫހިފިލުވުމުގެ ގިނަ ޙަރަކާތްތަކާއި، އަދި ހުރިހާ އިސްވާރުން ގުޅިގެން ގިނަ ކުޅިވަރުތަށް ކުޅެވުނު މިދަތުރު ކާމިޔާބު ކަމާއި އެކު ނިންމާލެވިފައިވާއިރު، ޝެޓްސް ގެ އިސްވާރުންގެ ޓީމާއި އަލަށް ގުޅުނު އިސްވާރުން ކުރިޔަށް ހުރި ހަރަކާތްތަކުގައި ފެންނާނެ ކަމަށް އުއްމީދު ކުރެވެއެވެ.
މި ދަތުރަކީ މި ފަހުގެ ތާރީހެއްގައި ޝެޓްސްގެ އެންމެ ގިނަ އިސްވާރުން ބައިވެރިވި ދަތުރެވެ. މި ޓަރމުގައި އަދި އިތުރު ދެ ލީޑާސް ޓްރިޕް ދިއުމަށް ވަނީ ރޭވިފައެވެ.






