ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އިން އިންތިޒާމުކޮށްގެން ބާއްވާ ”އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން ޓޯނަމެންޓް 2024 “ ގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އިން ބައިވެރިވާ ޓީމަށް ޖާޒީ ހަވާލުކޮށްފިއެވެ.
ސެޕްޓެމްބަރ 18 ބުދަ ދުވަހުގެ ރޭ މި ރަސްމިއްޔާތު ބާއްވާފައިވަނީ އެފް.އީ އޮޑިޓޯރިއަމްގައެވެ. ބެޑްމިންޓަން ޓީމަށް ޖާޒީ ހަވާލު ކޮދެއްވާފައިވަނީ އެފް.އީ ގެ ޑީން ނާދިޔާ މިސްއެވެ. އަދި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވައި ޑީން ވަނީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވާ މިއަހަރުވެސް މުބާރާތް ކާމިޔާބުކޮށް ތަށި ދިފާއުކުރުމަށް އެދިލައްވާފައެވެ.
އެފް.އީގެ ޓީމުގައި މުޅިއެކު 10 ކުޅުންތެރިންގެ އިތުރުން ކޯޗާއި، އެސިސްޓެންޓް ކޯޗާއި، މެނޭޖަރާއި، އޮފިޝަލެއްގެ އިތުރުން މެޑިކް ވެސް ހިމެނެއެވެ. ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ޖަރސީ ހަވާލު ކޮށްފައިވާއިރު ސަޕޯޓަރުންގެ ޖަރސީ ހައްދަން ބޭނުން ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލައިފައެވެ.
މިދިޔަ އަހަރުގެ މި މުބާރާތުގެ ޗެމްޕިއަންކަން އެފް.އީގެ ޓީމުން ހޯދާފައިވާވާއިރު މުޅި ޓީމު އެކީ އެއް އަޒުމެއްގައި މަސައްކަތް ކުރަމުން މިދަނީ މިފަހަރުވެސް ތަފާތު މޮޅު ކުޅުމެއް ދައްކާ ތަށި ދިފާއުކުރުމަށެވެ.






