ބީއެސްއެސްއޭ އިން މިދިޔަ ބުދަ ދުވަހު ވަނީ އިފްތަރު ޕެކް ބެހުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މިއީ ބީއެސްގެ އިސްވާރުންގެ އިސްނެގުމާއި ގުޅިގެން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. އެދުވަހުގެ އެވަގުތު ވިއްސާރަވެހުނު ނަމަވެސް މިޕްރޮގްރާމް ވަނީ ވަރަށް ކާމިޔާބު ކަމާއި އެކު ނިންމާލާފައެވެ.
މިއީ މުޅިން އަލަށް ބީއެސްގެ ފަރާތުން ބޭއްްވި އެއްދުވަހުގެ އިވެންޓެކެވެ. 50 މީހުންނަށް މި ޕެކް ދެވިފައިވާއިރު މީގެ އެންމެ ބޮޑު އެއް މަގްސަދަކީ ބީއެސްއެސްއޭގެ ފަރާތުން ބަޔަކަށް ރޯދަ ވީއްލުމެއް ދިނުމެވެ.
ވަރަށް ގިނަ އިސްވާރުންގެ ފަރާތުން މިކަމަށް ތަރުހީބު ލިބިފައިވާކަންވެސް އުފަލާއިއެކު ފާހަގަކުރަމެވެ. މިފަދަ ކަންކަމުގައި އެކުދިންގެ ފަރާތުން އަބަދުވެސް ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަމެވެ.
އުންމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް މިއަށްވުރެ ފުރިހަމަ އަށް ވަރަށް ފުޅާކޮށް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމެވެ. އަދި މިއަހަރަށް ވުރެ އަންނަ އަހަރު ގިނަ ކުދިން ތަކެއްގެ ފަރާތުން އެއްބާރުލުން ލިބުމެވެ.





