2026 ވަނަ އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފެސާގެ ފަރާތުން އަންހެނުންނަށް މާ ބަހައިފިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ 8 މާރިޗު ވަނަ ދުވަހުގެ ހަވީރެވެ. ފެސާގެ ދަރިވަރުން މާލެ މަގުމަތީގައި ހިނގާލަން ނުކުމެ ވަނީ އަންހެނުންނަށް ފެސާގެ ފަރާތުން މާ ހަދިޔާ ކޮށްފައެވެ. މިއީ ފެސާގެ ފަރާތުން ދުނިޔޭގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގި ކުޑަ ހަރަކާތެކެވެ.
މި ހަރަކާތުގެ ބޭނުމަކީ އަންހެނުން ކޮށްދޭ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމެވެ. އަދި ހިތްހެޔޮކަމާއި ލޯބި ފަތުރާ އަންހެނުންގެހައްގުތަކާއި ގަދަރު ހިފެހެއްޓުމެވެ. މި ހަރަކާތުގެ ތެރެއިން އެތައް އަންހެނުންނެއްގެ އުފާވެރި ހިނިތުންވުން ފެނި ރިވެތި ޝުކުރުގެ ބަސްތައް ވަނީ އިވިގެން ގޮސްފައެވެ. އަންހެނުންގެ ދުވަހުގެ މާ ބެހުމުގެ ހަރަކާތް ފެސާގެ އެކްސްކޯ ދަރިވަރުން ނިންމާލާފައިވަނީ ވަރަށް ވެސް ފުރިހަމަ ކަމާއިއެކު ދުނިޔޭގެ ހުރިހާ އަންހެނުންނަށް އަންހެނުންގެ ދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ.
ފެސާގެ ފަރާތުން މިފަދަ ޚާއްސަ ދުވަސްތަކާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.





