ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)އިން ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ފަރިތަކުރުންތައް ފެށައިފިއެވެ.
މި ފަރިތަކުރުންތައް ފަށާފައިވަނީ 13 އޭޕްރިލް ވީ ހޯމަ ދުވަހުގެރޭ 23:00 ގައި ހުޅުމާލެ ފޭސް 2 ދަނޑުގައެވެ.
މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު އެފް.އީގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލާފައިވާއިރު ފިރެހެން އަދި އަންހެން ޑިވިޝަންގެ ޓީމުގައި ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށް ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.
ފަރިތަކުރުންތަކުގައި ކުޅުންތެރިންގެ ހާޒިރީ ބެލިގެންދާއިރު، ފައިނަލް ސްކޮޑް އިން ޖާގަ ކަށަވަރު ކުރުމަށްޓަކައި ފަރިތަކުރުންތަކުގައި ބައިވެރިވުން ކޮންމެ ކުޅުންތެރިއަކަށްވެސް ވަރަށް މުހިންމެވެ.
އެފް.އީ. ފިރެހެން ޓީމުގެ އަމާޒަކި ޗެމްޕިއަން ކަމުގެ ތަށި ދިފާޢުކުރުރުމެ. އަދި މި މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލުމަކީ އެފް.އީ. އަންހެންޓީމުގެ އެންމެބޮޑު އުންމީދެވެ.






