ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026 ގެ ކުއާޓާ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ޔަގީންވެއްޖެއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ނިމުނުއިރު، އަންހެން ޑިވިޝަނުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ މޯލްޑިވްސް ބިޒްނަސް ސްކޫލް، އެމް.އެން.ޔޫ ބިޒްނަސް ސްކޫލް، ވިލާ ކޮލެޖް، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އަދި ފެކަލްޓީ އޮފް ހެލްތު ސައިންސަސް އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ އިތުރުން މިއާންޒް ކޮލެޖާއި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްއެވެ.
ފިރިހެން ޑިވިޝަނުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވަނީ މޯލްޑިވްސް ބިޒްނަސް ސްކޫލް، އެމް.އެން.ޔޫ ބިޒްނަސް ސްކޫލް، އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް އަދި ފެކަލްޓީ އޮފް އެޑިއުކޭޝަން އާއި މިއާންޒް ކޮލެޖުގެ އިތުރުން ޒިކުރާ ކޮލެޖާއި މެޕްސް ކޮލެޖެވެ.
ކުއާޓާ ފައިނަލް މެޗުތައް ކުރިއަށް ދާނީ ހޯމަ ދުވަހުގެރޭގައެވެ.
އަންހެން ޑިވިޝަންގެ ކުއާޓާ ފައިނަލް މެޗުތައް:
• މޯލްޑިވްސް ބިޒްނަސް ސްކޫލް – އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (20:00)
• ވިލާ ކޮލެޖް – ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (20:00)
• ފެކަލްޓީ އޮފް ހެލްތު ސައިންސަސް – ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ (21:00)
• މިއާންޒް ކޮލެޖް – ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (21:00)
ފިރިހެން ޑިވިޝަންގެ ކުއާޓާ ފައިނަލް މެޗުތައް:
• މޯލްޑިވްސް ބިޒްނަސް ސްކޫލް – އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (22:00)
• އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް – ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (22:00)
• ފެކަލްޓީ އޮފް އެޑިއުކޭޝަން – މިއާންޒް ކޮލެޖު (23:00)
• ޒިކުރާ ކޮލެޖް – މެޕްސް ކޮލެޖް (23:00)
މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ. ބޭންކިންގ ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. އަދި ލޮޖިސްޓިކްސް ޕާޓްނަރުގެ ގޮތުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ހަރަކާތްތެރިވާއިރު, ޕްރިންޓިންގ އެންޑް ކިޓް ޕާޓްނަރަކީ ށަވިޔަންޏެވެ. މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ވޮއިސް ސްޕޯޓްސް ހަމަޖައްސާފައިވާއިރު, ބެވެރޭޖް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް (ތާޒާ) އެވެ. ސްޕޯޓިންގ ޕާޓްނަރެއްގެ ގޮތުގައި މާކުއީ ހަމަޖައްސާފައިވާ އިރު, ކޭޓަރިންގ ޕާޓްނަރަކީ ލެސޫކްއެވެ. ސާވިސެސް ޕާޓްނަރަކީ ޓާސްކިން އެޕްއެވެ. މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކީ ޖީ ލައިވްއެވެ.
މުބާރާތުގެ ޕާޓްނަރުންގެ ތެރޭގައި ދެން ހިމެނެނީ ތޫލް, މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް, ސްޕޯޓްސް އެންޑް ފިޓްނަސް, މާލެ ސިޓީ ކައުންސިލް އަދި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ އިތުރުން އީޒެޕް އާއި ކުއިކް އީޒީއެވެ.






