2017 ވަނަ އަހަރުގެ އަހުރަ ހޭންޑްބޯލް މުބާރާތަށް ވުރެ މިއަހަރުގެ މުބާރާތް ފުޅާކުރުމުގެ ގޮތުން އަހުރައިން ވަނީ އަންހެން ޑިވިޝަންގެ އިތުރުން ފިރިހެން ޑިވިޝަންއަށް ވެސް ބައިވެރި ވެވޭ ގޮތަށް ހަމަޖައްސަވައިފައެވެ.
2018 ވަނަ އަހަރު އަހުރަ ހޭންޑްބޯލް މުބާރާތުގެ ފިރިހެން ޑިވިޝަން ގެ ފައިނަލް މެޗްގައި ވާދަކުރަންޖެހުނީ އިސްކަންދަރު އެއާރ ބޭސް އަދި ގޯޅި ސްޕޯޓްސް ކުލަބް އެވެ.ނަމަވެސް ދިމާވި އެކި އެކި ހަމަ ނުޖެހުންތަކާއި ގުޅުގެން ގޯޅި ސްޕޯޓްސް ކުލަބްއިން ވަނީ މެޗް ދޫކޮށްލާފައެވެ.އެހެންކަމުން ފައިނަލް މެޗް ކުޅުމަކާއި ނުލާ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިޔަންކަން ލިބިފައިވަނީ އިސްކަންދަރު އެއާރ ބޭސްގެ ޓީމައަށެވެ.


ފައިނަލް މެޗްގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ވަޑައިގެންދެއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރ އަބްދުއްﷲ ރިފާއު އެވެ.އަދި މީގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫ ގެ ރައީސް އަރްޝަދް އަޝްރަފް،ނައިބް ރައީސް (އެކްޓިވިޓީ) ހަސަން ޝާހް އަދި ނައިބް ރައީސް (ވިންގްސް) އަލީ ޝަމްމޫން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ފިރިހެން ޑިވިޝަން ގެ އެންމެ ގިނަ ގޯލް ޖަހާފައިވަނީ އިސްކަންދަރު އެއާރ ބޭސްގެ ޖާޒީ ނަންބަރ 17 އަހުމަދު ނަޖީބްއެވެ.އެންމެ މޮޅު ކޯޗް އަކަށް ހޮވިފައިވަނީ އިސްކަންދަރު އެއާރ ބޭސްގެ މައުމޫން އަބްދުލް ސައްތާރްއެވެ.


އެންމެ މޮޅު 7 ކުޅުންތެރިންނަކީ:
ގޯޅި ސްޕޯޓްސް ކުލަބްގެ ޖާޒީ ނަންބަރ 11 އަހްމަދު ހަލީމް
އިސްކަންދަރު އެއާރ ބޭސްގެ ޖާޒީ ނަންބަރ 17 އަހްމަދު ނަޖީބް
ގަން ރީޖަނަލް ހޮސްޕިޓަލް ގެ ޖާޒީ ނަންބަރ 7 ފަހުދް އަދްނާން
ގޯޅި ސްޕޯޓްސް ކުލަބްގެ ޖާޒީ ނަންބަރ 5 އަބްދުލްﷲ ނަސީހް
ގޯޅި ސްޕޯޓްސް ކުލަބްގެ ޖާޒީ ނަންބަރ 1 ހުސެއިން ލީވާން
ގަން ރީޖަނަލް ހޮސްޕިޓަލް ގެ ޖާޒީ ނަންބަރ 13 ހަސަން ފަރީދު
އިސްކަންދަރު އެއާރ ބޭސްގެ ޖާޒީ ނަންބަރ 9 އަހްމަދު ރުހުޝާން
ފިރިހެން ޑިވިޝަންގެ ފެއާރ ޕުލޭ ޓީމްއަކަށް ހޮވިފައިވަނީ ގަން ރީޖަނަލް ހޮސްޕިޓަލް އެވެ.
އަހުރަ ހޭންޑްބޯލް މުބާރާތުގެ މެއިން ސުޕޮންސާރ އަކީ ހިއުމަން ޑިވަލަޕްމެންޓް ކޯޕަރޭޝަން އެވެ.ޕްރިންޓިން ޕާޓްނަރ އަކީ ޕްރިންޓް ލެބްއެވެ.އެސޯސިއޭޓް ޕާޓްނަރ އަކީ މޯލްޑިވްސް ޕޮލިސް ސާރވިސްއެވެ.މުބާރާތް ހިންގާ ކުރިޔަށް ގެންދިޔުމުގައި ގަން ޕޮލިސް ސްޓޭޝަން އާއި ކައްދޫ ސިފައިން އަދި އެކި އެކި ޖަމިއްޔާތަކުން ދެއްވި އެއްބާރުލުން ފާހަގަކޮއްލަމެވެ.






