Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ހަރަކާތް

އެފް.އީ އަދި އެމް.އެން.ޔޫ.ބީ.އެސް އިން ބަހުސް މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2018-10-19
in ހަރަކާތް, ޚަބަރު
އެފް.އީ އަދި އެމް.އެން.ޔޫ.ބީ.އެސް އިން ބަހުސް މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

2018 އޮކްޓޯބަރ 18 ވީ ބުރާސްފަތިދުވަހުގެރޭ ފެށި ”އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތް 2018″ގެ ފުރަތަމަ މެޗު ފެކަލްޓީ އޮފް އެޑިއުކޭޝަނުން ކާމިޔާބުކުރިއިރު، ދެވަނަ މެޗު އެމްއެންޔޫ ބިޒްނަސް ސްކޫލުން ކާމިޔާބުކޮށްފިއެވެ.

އެމްއެންޔޫއެސްޔޫގެ ރައީސް ލޯ

ބަހުސް މުބާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަރުޝަދު އަޝްރަފް، މުބާރާތުގެ އިސްފަނޑިޔާރު އަލްއުސްތާޛް މުހައްމަދު ޔާމީން އިބްރާހީމްގެ އިތުރުން އެމްއެންޔޫ ޑީން އޮފް ސްޓޫޑެންޓްސް އަލްފާޟިލާ ނާދިޔާ އިބްރާހީމް ވާހަކަ ދެއްކެވިއެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ 2017 ވަނަ އަހަރުގެ މި މުބާރާތުގެ ރަނަރއަޕް ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އަދި 2016 ވަނަ އަހަރުގެ މި މުބާރާތުގެ ޗެމްޕިއަން ފެކަލްޓީ އޮފް އާރޓްސް (އެފް.އޭ) އެވެ. ”ދަރިންގެ އަޚްލާޤަށް ބޮޑަށް ނޭދެވޭ އަސަރުކުރަނީ، މައިންބަފައިންގެ އިހުމާލުންނެވެ.“ މި މައުޟޫއަށް ކުރެވުނު މި ބަހުސް ކުރިއަށްދިޔައީ އެމް.އެން.ޔޫގެ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އޮޑިޓޯރިއަމްގައެވެ. ބުރާސްފަތިދުވަހުގެރޭ 07:30ގައި ފެށުނު މި ބަހުސްގައި ފުރަތަމަ ވާހަކަދެއްކީ މައުޟޫއާ އެއްކޮޅަށް ވާހަކަ ދެއްކި ފެކަލްޓީ އޮފް އާރޓްސްގެ ދަރިވަރު އަހްމަދު އައިން އައިމަން އެވެ. މައުޟޫ މާނަކުރުމަށްފަހު، މައުޟޫއާ އެއްކޮޅަށް ނުޤުތާތަކެއް އައިން އައިމަން ހުށަހަޅައިދީފައިވެއެވެ. މުބާރާތް ކުރިއަށްދާ އުޞޫލުން، ކޮންމެ ބައިވެރިއްގެ ވާހަކަދެއްކުމަށްފަހު، އެ ދެއްކި ވާހަކައަށް ބިނާކޮށް އިދިކޮޅު ޓީމުން އެ ވާހަކަދެއްކި ބައިވެރިޔާއާ އެއް ސުވާލު ކުރިމަތިކުރުމުގެ ފުރުޞަތު ލިބެއެވެ. މިގޮތުން އެފް.އީ ޓީމުން ކުރި ސުވާލަށް އައިން އައިމަން ވަނީ ޖަވާބުދީފައެވެ. ދެން ވާހަކަ ދެއްކީ މައުޟޫއާ ދެކޮޅަށް ވާހަކަދެއްކި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރު ޚާތިމާ ޔޫސުފެވެ. ޚާތިމާވަނީ ކުޅަދާނަކަމާއެކު މައުޟޫ މާނަކޮށްދީ، ޓީމުކޮޅަށް ނުޤުތާތަކެއް ބަރާކޮށްފައެވެ. ޚާތިމާގެ ވާހަކަ ނިމުމަށްފަހު، އެފް.އޭ އަށް ސުވާލުކުރުމަށް ލިބުނު ވަގުތުގެ ތެރޭގައި ސުވާލު ކުރިމަތިކުރެވޭ ގޮތެއް ނުވިއެވެ. މި ބަހުސްގައި ތިންވަނައަށް ވާހަކަދެއްކީ އެފް.އޭގެ ދަރިވަރު މަރިޔަމް އާލާއު އެވެ. މައުޟޫގެ ”ބޮޑަށް“ މި ލަފުޒަށް ބާރުދެމުން، ދަރިންގެ އަޚްލާޤަށް ބޮޑަށް ނޭދެވޭ އަސަރުކުރަނީ މައިންބަފައިންގެ އިހްމާލުންކަމަށް ސާބިތުކުރުމަށް އާލާއު ވާހަކަދެއްކިއިރު، އިދިކޮޅު ޓީމުގެ ނުޤުތާތައް މުގުރުމަށްވެސް މަސައްކަތްކޮށްފައިވެއެވެ. ބަހުސްގައި ހަތަރުވަނައަށް ވާހަކަދެއްކީ އެފް.އީގެ ދަރިވަރު އާމިނަތު ހަމީޒާއެވެ. ހަމީޒާވެސް ”ބޮޑަށް“ މި ލަފުޒަށް ބާރުދެމުން ވާހަކަދެއްކިއިރު، ދަރިންގެ އަޚުލާާޤަށް މައިންބަފައިންގެ އިހުމާލަށްވުރެ ބޮޑަށް ނޭދެވޭ އަސަރުކުރާ ކަންކަން ފާހަގަކުރިއެވެ. ފަސްވަނައަށް މި ބަހުސްގައި ވާހަކަދެއްކީ އެފް.އޭގެ ދަރިވަރު ފާތިމަތު އުސްރާ ކަމަށްވާއިރު، ބަހުސްގައި އެންމެ ފަހުން ވާހަކަދެއްކީ މި ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔާއަށް ހޮވުނު، އެފް.އީގެ، ޝަޒާރަތު ޝަރީފެވެ. މި ބަހުސް 849.5 – 624ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަނެވެ.

އެފް.އީ ޓީމު

ބަހުސަށްފަހު ވާހަކަދައްކަވަމުން ފަނޑިޔާރުން ވަނީ ބަހުސުން ފާހަގަވި ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ. މިގޮތުން މައުޟޫ މާނަކުރުމުގައި ދެ ޓީމުންވެސް އަދި އިތުރަށް މަސައްކަތްކުރަންޖެހޭކަމާއި، ނުޤުތާތައް މުގުރުމަށް އިސްކަންދިނުމަށް އިލްތިމާސްކުރެއްވިއެވެ.

އެމްއެންޔޫބީއެސް ޓީމު

ދެވަނަ ބަހުސްގައި ބައްދަލުކުރީ ސްކޫލް އޮފް ނާރސިންގ (އެސް.އެން) އަދި އެމްއެންޔޫ ބިޒްނަސް ސްކޫލް (އެމްއެންޔޫބީއެސް) އެވެ. 08:30ގައި ފެށި މި ބަހުސްގެ މައުޟޫ އަކީ ”ދިވެހިރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިއްމީ އެއްފަސްކުރުމެވެ.“
މައުޟޫއާ އެއްކޮޅަށް ވާހަކަދެއްކި އެސް.އެން ޓީމުން ބަހުސް ކުރަން ފުރަތަމަ އެރީ އާމިނަތު ނަޒީހާކަމަށްވާއިރު، ދެވަނައަށް އެރީ ފާތިމަތު ސަރާއެވެ. އަދި ތިންވަނައަށް އެރީ މި ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔާއަށް ހޮވުނު އަމްރާ އަހްމަދެވެ. މައުޟޫއާ ދެކޮޅަށް ވާހަކަދެއްކި އެމްއެންޔޫބީއެސް ޓީމުން ފުރަތަމަ ބަހުސްކުރީ އިބްރާހީމް ޝިފާންކަމަށްވާއިރު، ދެވަނައަށް ބަހުސްކުރީ އާމިނަތު އީނާސް އެވެ. އަދި ތިންވަނައަށް ބަހުސްކޮށްފައިވަނީ ޢަލީ ރަޝީދެވެ. މި ބަހުސް 828- 778ގެނަތީޖާއަކުން ކާމިޔާބުކުރީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލް އިންނެވެ.
މުބާރާތުގެ ބަހުސެއް ދެން އޮންނާނީ ހުކުރުދުވަހުގެ (19/08/2018) މެންދުރުފަހު 02:15ގައި އެފް.އީ އޮޑިޓޯރިއަމްގައެވެ.

ފަނޑިޔާރުންގެ ޕެނަލް

މި މުބާރާތުގެ އިސްފަނޑިޔާރަކީ އަލްއުސްތާޛް މުޙައްމަދު ޔާމީން އިބްރާހީމެވެ. އަދި ފަނޑިޔާރުންގެ ގޮތުގައި ދެން ތިއްބަވާނީ އަލްފާޟިލް މުޙައްމަދު ޝިފާން، އަލްއުސްތާޛް މުޙައްމަދު ޖައުޝަން ޝަރީފް އަދި އަލްފާޟިލް ޢަލީ އަމީރެވެ.

މުބާރާތުގެ ތެރެއިން

މިއީ، އެމްއެންޔޫއެސްޔޫ އިން އިންތިޒާމުކުރާ މުބާރާތެކެވެ. މި މުބާރާތުގައި ވާދަކުރަނީ 4 ޓީމަކުންކަމަށްވާއިރު، މުބާރާތްކުރިއަށްދާނީ ލީގު އުސޫލުންނެވެ. 4 ޓީމު 4 ޓީމާ ބައްދަލުކޮށް ނިމޭއިރު، 1 ވަނަ އަދި 2 ވަނައިގައި އޮންނަ 2 ޓީމު ފައިނަލަށް ދަތުރު ކުރާނެއެވެ. މުބާރާތް ކުރިއަށް ދާނީ 18 އޮކްޓޯބަރުން 21 އޮކްޓޯބަރުގެ ނިޔަލަށެވެ.

ލިޔުނީ: މުޙައްމަދު ޝާން ޢާމިރު، މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ފަރާތުން އޮބްސްޓެކަލް ރޭހެއް ބާއްވަނީ!

ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ފަރާތުން އޮބްސްޓެކަލް ރޭހެއް ބާއްވަނީ!

2026-05-13
އެމް.އެން.ޔޫ.ބީ.އެސް ބަލިކޮށް އެމް.ބީ.އެސްގެ ދެޓީމުވެސް ސެމީއަށް!

އެމް.އެން.ޔޫ.ބީ.އެސް ބަލިކޮށް އެމް.ބީ.އެސްގެ ދެޓީމުވެސް ސެމީއަށް!

2026-05-12
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026: ކުއާޓާ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ޔަގީންވެއްޖެ

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026: ކުއާޓާ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ޔަގީންވެއްޖެ

2026-05-10
ނޭކައިގެ ފުރަތަމަ މޫވީ ނައިޓް ވަރަށްވެސް ކާމިޔާބު!

ނޭކައިގެ ފުރަތަމަ މޫވީ ނައިޓް ވަރަށްވެސް ކާމިޔާބު!

2026-05-09
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ތަފާތު ހަރަކާތެއް!

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ތަފާތު ހަރަކާތެއް!

2026-05-09
އެފް.އެޗް.ޓީ.އެސް، ސީ.އެފް.އެސް އަދި އެމް.އެން.ޔޫ.ބީ.އެސްގެ އަންހެން ޓީމުތައް ކުއާޓާ ފައިނަލަށް

އެފް.އެޗް.ޓީ.އެސް، ސީ.އެފް.އެސް އަދި އެމް.އެން.ޔޫ.ބީ.އެސްގެ އަންހެން ޓީމުތައް ކުއާޓާ ފައިނަލަށް

2026-05-09
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab