އަހުރައާއި ކެމްޕަހުގެ މުވައްޒަފުން ގުޅިގެން ލ.ގަން ކެމްޕަހުގައި އަލަށް ފްރެޝާސް ނައިޓް ބާއްވައިފިއެވެ. މި ފްރެޝާސް ނައިޓް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ކެމްޕަހަށް އަލަށް ކޯސްތަކަށް ބައިވެރިވާ ދަރިވަރުންނަށް ކެމްޕަހުގައި ގުޅިގެން އެކުގައި މަސަތްކުރުމުގެ މާހައުލެއް އޮތްކަން އަންގައިދިނުމެވެ. މި ރަސްމިއްޔާތު ބޭއްވުނީ ލ.ގަމު ކެމްޕަހުގައި، 16 މާރިޗު ވީ ހުކުރު ދުވަހުގެރޭ 20:45 ގައެވެ.
މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އެމް.އެން.ޔޫ ގަން ކެމްޕަހުގެ މެނޭޖަރު އަލްފާޟިލާ ފާތިމަތު ޝާހިދާ ބައިވެރިވެވަޑައިގެންފައިވާއިރު ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލް އަބްދުއްރަޝީދު ވަނީ ރަސްމިއްޔާތާ ބެހޭގޮތުން ތައާރަފެއް ދެއްވާފައެވެ.
އެޑްވާންސް ސެޓަރފިކެޓް އިން ނަރސިންގެ ހަވަނަ ބެޗްގެ ފަރާތުން ހުޝައަޅައިދިން ޑްރާމާ ވެގެން ދިޔައީ ރަސްމިއްޔާތަށް އިތުރު ފުރިހަމަކަމެއް ގެނުވައިދިން ހަރަކާތަކައް ށެވެ. ސީ.ޕީ.އާރާއި ބެހޭގޮތުން މުހިންމު މަޢުލޫމާތުތަކެއް ހުޝައަޅައިދިން މި ޑްރާމާ ވެގެން ގޮސްފައި ވަނީ ފްރެޝާސް ނައިޓުގެ ބައިވެރިންގެ މޫނުތަކައް އުފާވެރިކަން ގެނުވައިދިން ހަރަކާތަކައް ށެވެ.
ފްރެޝާސް ނައިޓް ނިންމާލުމުގެ ގޮތުން އެރެއަށް ހާއްސަކުރެވިގެން ވަނީ ފޮޓޯ ޝެޝަނެއްވެސް ކުރިއައް ގެންގޮސްފައެވެ. މި ފޮޓޯ ޝެޝަނުގައި ދަރިވަރުންގެ އިތުރު ލެކްޗަރައިންވެސް ވަނީ ބައިވެރިވެފައެވެ. އަދި މީގެ އިތުރުން ފޮޓޯ ޝެޝަން ވެގެން ދިޔައީ ފްރެޝާސް ނައިޓް އިތުރަށް ފުރިހަމަކަން ގެނުވައިދިން ކަމަކަށެވެ.