އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2019 ގެ ފިރިހެން ޑިވިޝަނުގައި އޮކްޓޯބަރ 02ވީ ބުދަދުވަހު ކުޅެވުނު މެޗުތަކުން ގަން ރީޖަނަލް ހޮސްޕިޓަލް އަދި އިސްކަންދަރު އެއަރބޭސް މޮޅުވެއްޖެއެވެ.
ގަން ރީޖަނަލް ހޮސްޕިޓަލާއި ލާމު ގަމު ކައުންސިލް ބައްދަލުކުރި މެޗު ގަން ރީޖަނަލް ހޮސްޕިޓަލުން ކާމިޔާބުކުރީ 5 – 2 ންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގަން ރީޖަނަލް ހޮސްޕިޓަލްގެ ޖާރޒީ ނަންބަރ 19 އަހުމަދު ނާސިފެވެ.
މި ޑިވިޝަންގެ އިސްކަންދަރު އެއަރބޭސް ޓީމުން އެ ޓީމު ކުޅުނު 2 ވަނަ މެޗު ކާމިޔާބުކުރީ ލާމު ބްލޫސްއާ ވާދަކޮށެވެ. މި މެޗުގެ ނަތީޖާ އަކީ 14 – 8 ކަމަށްވާއިރު އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިސްކަންދަރު އެއަރ ބޭސްގެ ޖާރޒީ ނަންބަރ 10 ޔޫސުފް ޢަބްދުﷲ އެވެ.
މުބާރާތުގެ މެޗުތައް އިއްޔެ ހަވީރު އަދި ރޭގަނޑުވެސް ވަނީ ކުރިއަށްގޮސްފައެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ޖުމްލަ 4 ޓީމެއް ވާދަކުރާއިރު އަންހެން ޑިވިޝަނުގައި ޖުމްލަ 10 ޓީމެއް ވާދަކުރެއެވެ. މި މުބާރާތަކީ ލ. އަތޮޅުގެ މުއައްސަސާތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތަކަށްވާއިރު، މުބާރާތް ކުރިއަށްދާނީ އޮކްޓޯބަރ 01ން 06 އަށެވެ.
މިއީ 2017 ވަނަ އަހަރުން ފެށިގެން ސިލްސިލާގޮތެއްގައި ބާއްވާ މިފަދަ 3 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ އެކަމޮޑޭޝާން ޕާޓްނަރ އަކީ ”ނިރުވާނާ އިން ލާމު“ އެވެ. ސްޕޮންސަރުންގެ ތެރޭގައި ”ލ. ގަމު ކައުންސިލް“، ”ލ. ގަން ޕޮލިސް ސްޓޭޝަން“، ”ދިރާގު“، ”އައިލެންޑާސް އެސޯސިއޭޝަން“ އަދި ”އަމީގޯސް ސްޕޯޓްސް ކްލަބް“ ހިމެނެއެވެ. މިއަހަރުގެ މުބާރާތް ރާވާ، އިންތިޒާމު ކުރަނީ އެމް.އެން.ޔޫ.އެސް.ޔޫއިންނެވެ.
ލިޔުނީ: އާމިނަތު ޝަމާ މުޙައްމަދު،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ