މިހާރު ކުރިއަށްދާ އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ބައްދަލުކުރާނީ ގަން ރީޖަނަލް ހޮސްޕިޓަލް އާއި އިސްކަންދަރު އެއަރބޭސް ކަން ކަށަވަރުވެއްޖެއެވެ.
އިސްކަންދަރު އެއަރބޭސް އިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ދެވަނަ ސެމީގައި ލާމު ބްލޫސްއާ ވާދަކޮށް 11-5ން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިސްކަންދަރު އެއަރބޭސްގެ ޖާރޒީ ނަންބަރ 9 އަލީ ރުޚްސަން އެވެ.
ގަން ރީޖަނަލް ހޮސްޕިޓަލް އިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ފުރަތަމަ ސެމީގައި އިސްކަންދަރު އެއަރބޭސް ބަލިކުރުމަށްފަހުއެވެ.
ފައިނަލް މެޗު އޮންނާނީ އޮކްޓޯބަރ 06 ވާ އާދިއްތަދުވަހުގެރޭ 09.00ގައި ލ. ގަން މަތިމަރަދޫ ފުޓްސަލް ދަނޑުގައެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ޖުމްލަ 4 ޓީމެއް ވާދަކުރާއިރު އަންހެން ޑިވިޝަނުގައި ޖުމްލަ 10 ޓީމެއް ވާދަކުރެއެވެ. މި މުބާރާތަކީ ލ. އަތޮޅުގެ މުއައްސަސާތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތަކަށްވާއިރު، މުބާރާތް ކުރިއަށްދާނީ އޮކްޓޯބަރ 01ން 06 އަށެވެ. މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ލ. ގަމު ކެމްޕަހުގައި ޤާއިމުކުރެވިފައިވާ އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފި އަހުރައިންނެވެ. މިފަހަރުގެ މުބާރާތުގައި އެމް.އެން.ޔޫ.އެސް.ޔޫއިން ދަނީ މުބާރާތް އިންތިޒާމުކުރުމުގައި އަމަލީގޮތުން ހަރަކާތްތެރިވަމުންނެވެ.
މިއީ 2017 ވަނަ އަހަރުން ފެށިގެން ސިލްސިލާގޮތެއްގައި ބާއްވާ މިފަދަ 3 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ އެކަމޮޑޭޝާން ޕާޓްނަރ އަކީ “ނިރުވާނާ އިން ލާމު” އެވެ. ސްޕޮންސަރުންގެ ތެރޭގައި “ލ. ގަމު ކައުންސިލް”، “ލ. ގަން ޕޮލިސް ސްޓޭޝަން”، “ދިރާގު”، “އައިލެންޑާސް އެސޯސިއޭޝަން” އަދި “އަމީގޯސް ސްޕޯޓްސް ކްލަބް” ހިމެނެއެވެ. އަދި ހަމަ އެހެންމެ އެމް.އެން.ޔޫގެ ލ. ގަން ކެމްޕަހުން ދެއްވާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރެވެއެވެ.
ލިޔުނީ: އާމިނަތު ސަމާ މުހައްމަދު،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ