Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ހަރަކާތް

ގްރޫޕް އޭގެ އެއްވަނައަށް ކްލިކް، ވިލާ އާއި އައި.ޔޫ.އެމް ވެސް ކުއާޓާއަށް

މުހައްމަދު ޝާން ޢާމިރު by މުހައްމަދު ޝާން ޢާމިރު
2022-10-20
in ހަރަކާތް, ޚަބަރު
ގްރޫޕް އޭގެ އެއްވަނައަށް ކްލިކް، ވިލާ އާއި އައި.ޔޫ.އެމް ވެސް ކުއާޓާއަށް

ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ އަންހެން ޑިވިޝަނުގެ ގްރޫޕް އޭގެ އެއްވަނަ ކްލިކް ކޮލެޖަށް ލިބުނުއިރު، ވިލާ ކޮލެޖާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) ވެސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އަންހެން ޑިވިޝަނުގެ ގްރޫޕްއޭގެ ފަހު 2 މެޗު ވެސް ކުޅެވުނީ ބުދަދުވަހުގެރޭ 10:00ގައެވެ. ގްރައުންޑް 1 ގައި ކްލިކާއި ވިލާ ބައްދަލިކުރި މެޗު ކްލިކުން ކާމިޔާބު ކުރީ 2-0 ންނެވެ. މި މެޗުގެ ގޯލުތައް ކްލިކަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖަރޒީ ނަންބަރު 11 މަރިޔަމް ޝަހާފަތާއި ޖަރޒީ ނަންބަރު 14 ފާތިމަތު ޒީނިޔާ އެވެ. މެޗު ފަށައިގެން 9 ވަނަ މިނިޓުގައި ޝަހާފަތު ގޯލު ޖެހިއިރު، ޒީނިޔާގެ ގޯލު ޖެހީ މެޗުގެ 11 ވަނަ މިނިޓުގައެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޒީނިޔާ އެވެ. މި މެޗާއެކު ކްލިކް ކޮލެޖް ކުއާޓާ ފައިނަލަށް ދަތުރު ކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ގްރޫޕްގެ އެއްވަނައިގެ ގޮތުގައެވެ. ވިލާ މި މެޗުން ބަލިވި ނަމަވެސް، ގްރޫޕްގެ ދެވަނައިގެ ގޮތުގައި ކުއާޓާ ފައިނަލަށް ވަނީ ދަތުރު ކޮށްފައެވެ.

ގްރައުންޑް 2 ގައި ކުޅުނު މެޗުގައި އައި.ޔޫ.އެމް އިން ބައްދަލުކުރީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް)އާއެވެ. މި މެޗު އައި.ޔޫ.އެމް އިން ކާމިޔާބުކުރީ 1 – 0 ންނެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ 23 ވަނަ މިނިޓުގައި އައި.ޔޫ.އެމްގެ ޖަރޒީ ނަންބަރު 20 ޢާއިޝަތު ހަނާން ސައީދެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް ހަނާނެވެ. މި މޮޅާއެކު ކުޅުނު 3 މެޗުގެ ތެރެއިން 1 މެޗުން މޮޅުވެ، ގްރޫޕްގެ ތިންވަނައިގެ ގޮތުގައި އައި.ޔޫ.އެމް ވެސް ވަނީ ކުއާޓާ އަށް ދަތުރުކޮށްފައެވެ.

އައި.ޔޫ.އެމް އަދި އެފް.އެސް.އެލް ބައްދަލުކުރި މެޗުގެ ތެރެއިން | ފޮޓޯ: އާމިނަތު ޝިޒްލީން، އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

ކުއާޓާ ފައިނަލުގައި މި ޓީމުތައް ވާދަކުރާ ޓީމުތައް ކަށަވަރު ވާނީ ބުދަދުވަހުގެރޭ ކުޅެވޭ ގްރޫޕް ބީގެ ފަހު މެޗުތަކާއި ބުރާސްފަތިދުވަހުގެރޭ ކުޅުމަށް ހަމަޖެހިފައިވާ ގްރޫޕް ސީގެ ފަހު މެޗު ނިމުމުންނެވެ.

ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ޓައިޓްލް ސްޕޮންސަރަކީ އެމް.ޔޫ ސްޓޯރުން އެތެރެކުރާ ”ލެކްނޯ“ ބްރޭންޑެވެ. މުބާރާތުގެ ކޯ-ސްޕޮންސަރަކީ ޤައުމީ ޔުނިވަރސިޓީގެ ކުންފުނި ޔުނިވިޔަ ހޯލްޑިންގްސް އެވެ. ސަޕޯޓިންގ ޕާޓްނަރުންނަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، މެންހަޓަން ބިޒްނަސް ހޮޓެލް، އޮންލައިން ނިއުސް ޢަދަދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ޕްރިންޓް ކޯއެވެ. ޕްރިންޓިންގ ޕާޓްނަރަކީ އެމް ސެވަން އެވެ. އަދި އެސޯސިއޭޓިވް ޕާޓްނަރަކީ އަދަދު އޮންލައިންއެވެ.

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ސާނަވީ ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިންނެވެ. މި އަހަރު މި ބާއްވަނީ މީގެ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތް މި ބޭއްވެނީ ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެވިޑް ކޮލެޖެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެމް.އައި ކޮލެޖެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 2013 ވަނަ އަހަރެވެ. އެއަށްފަހު 2019 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު މި މުބާރާތް ކުރިއަށް ގެންދެވިފައިވެއެވެ. މުބާރާތުގައި އަންހެން ޑިވިޝަން ތަޢާރަފު ކުރެވުނީ 2018 ވަނަ އަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި 3 ފަހަރު ޙާޞިލުކޮށްފައިވާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ.

މުހައްމަދު ޝާން ޢާމިރު

މުހައްމަދު ޝާން ޢާމިރު

އެމް.އެން.ޔޫ.އެސް.ޔޫ އެޑްވައިޒަރީ ބޯޑު މެމްބަރު އަދި އެމް.އެން.ޔޫ.އެސް.ޔޫގެ 7 ވަނަ ދައުރުގެ ރައީސް

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މިޝަލް އިލްތިމާސް ކޮށްފި

ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މިޝަލް އިލްތިމާސް ކޮށްފި

2025-12-05
ޔޫނިއަން ކުރިއެރުމުގެ ސިއްރަކީ ”ސަފުތަކުގެ“ ބަދަހިކަން: އަޔާޝް

ޔޫނިއަން ކުރިއެރުމުގެ ސިއްރަކީ ”ސަފުތަކުގެ“ ބަދަހިކަން: އަޔާޝް

2025-12-05
އެމް.އެން.ޔޫ.އެސް.ޔޫ 14 ވަނަ ދައުރުގެ ހިންގާ ކޮމެޓީ ވައިސް ޗާންސެލަރ އިފްތިތާހުކޮށްދެއްވައިފި

އެމް.އެން.ޔޫ.އެސް.ޔޫ 14 ވަނަ ދައުރުގެ ހިންގާ ކޮމެޓީ ވައިސް ޗާންސެލަރ އިފްތިތާހުކޮށްދެއްވައިފި

2025-12-05
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 13ވަނަ ދައުރުގެ އަހަރީ ޢާންމު ޖަލްސާއާ ގުޅޭ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 13ވަނަ ދައުރުގެ އަހަރީ ޢާންމު ޖަލްސާއާ ގުޅޭ

2025-11-24
ފެސާ-ޕާލޭ ”ހިތުން ވެއްޓަށް“ މި ހޮނިހިރުގައި!

ފެސާ-ޕާލޭ ”ހިތުން ވެއްޓަށް“ މި ހޮނިހިރުގައި!

2025-11-19
”ބީއެސްއެސްއޭ އެސްޓާ ފުޓްސަލް ޗެމްޕިއަންޝިޕް 2025“ ކާމިޔާބުކަމާއެކު ނިންމާލައިފި

”ބީއެސްއެސްއޭ އެސްޓާ ފުޓްސަލް ޗެމްޕިއަންޝިޕް 2025“ ކާމިޔާބުކަމާއެކު ނިންމާލައިފި

2025-11-19
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab