Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ހަރަކާތް

މެޕްސް އާއި ފެސްޓަށް މޮޅެއް، ކުއާޓާގެ ޖާގަތަކަށް ތިން ޓީމު ވާދަކުރަނީ!

މުހައްމަދު ޝާން ޢާމިރު by މުހައްމަދު ޝާން ޢާމިރު
2022-10-21
in ހަރަކާތް, ޚަބަރު
މެޕްސް އާއި ފެސްޓަށް މޮޅެއް، ކުއާޓާގެ ޖާގަތަކަށް ތިން ޓީމު ވާދަކުރަނީ!

ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަނުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު ގްރޫޕް އޭގެ މެޗުތަކުން މެޕްސް ކޮލެޖާއި ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) މޮޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ 10:15ގައި އޮތް މެޗުގައި ބައްދަލުކުރީ މެޕްސް ކޮލެޖާއި ސައިރިކްސް ކޮލެޖެވެ. މި މެޗު ފަސޭހަކަމާއެކު 8 – 1ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެޕްސް ކޮލެޖެވެ. މި މެޗުގައި މެޕްސް ކޮލެޖުގެ ޖަރޒީ ނަންބަރު 5 ޢަބްދުﷲ ހިޝާން ވަނީ ހެޓްރިކެއް ހަދައިފައެވެ. ހިޝާންގެ ގޯލުތައް ޖަހާފައިވަނީ 8 ވަނަ މިނެޓާއި 11 މިނެޓާއި 27 ވަނަ މިނެޓުގައެވެ. މީގެ އިތުރުން މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މެޕްސްގެ ޖަރޒީ ނަންބަރު 7 އަލީ ޝާޒް ހިލްމީ ވަނީ ދެ ގޯލު ޖަހާފައެވެ. ޝާޒްގެ ގޯލުތައް ޖެހީ 28 ވަނަ މިނެޓާއި 30 ވަނަ މިނެޓުގައެވެ. މި މެޗުގައި މެޕްސްގެ ޖަރޒީ ނަންބަރު 10 މުޙައްމަދު ހަނާމް އިސްމާއީލާއި ޖަރޒީ ނަންބަރު 8 ޖަމްޝާދު ޖައުފަރުވެސް ވަނީ ގޯލު ޖަހާފައެވެ. ހަނާމްގެ ގޯލު ޖެހީ 17 ވަނަ މިނެޓުގައެވެ. އަދި ޖަމްޝާދުގެ ގޯލު ޖެހީ 34 ވަނަ މިނެޓުގައެވެ. މި މެޗުގައި ސައިރިކްސް ކޮލެޖުގެ ޖަރޒީ ނަންބަރު 5 އިސްމާޢީލް ޒަހީން އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ. ސައިރިކްސްގެ ހަމައެކަނި ގޯލު ޖެހީ އެ ޓީމުގެ ޖަރޒީ ނަންބަރު 21 މުހައްމަދު މާޒިނެވެ.

ގްރޫޕް އޭގެ މެޗެއް ދެން ކުޅުނީ ހަމަ އެރޭގެ 11:15ގައެވެ. މި މެޗުގައި ބައްދަލުކުރީ ފެސްޓާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) އެވެ. މި މެޗު 2 – 1 ން ކާމިޔާބު ކުރީ ފެސްޓެވެ. މި މެޗުގެ 14 ވަނަ މިނެޓުގައި އެފް.އެސް.އެލްގެ ޖަރޒީ ނަންބަރު 11 މުޙައްމަދު އައިޝް މުސްޠަފާ ވަނީ އެފް.އެސް.އެލް އަށް ލީޑު ނަގައިދީފައެވެ. ނަމަވެސް މެޗުގެ 18 ވަނަ މިނެޓުގައި ފެސްޓުގެ ޖަރޒީ ނަންބަރު 4 އިބްރާހީމް ހަމީސް ވަނީ ފެސްޓަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުން މޮޅުވި ގޯލު ފެސްޓަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖަރޒީ ނަންބަރު 21 ފާތިރު އަހްމަދެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެސްޓުގެ ޖަރޒީ ނަންބަރު 19 އަލީ ސަމޫހެވެ.

މެޕްސް އާއި ސައިރިކްސް ބައްދަލުކުރި މެޗުގެ ތެރެއިން | ފޮޓޯ: އިރަމް ސަލީމް، އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

މި ނަތީޖާއާއެކު މިވަގުތު ގްރޫޕް އޭގެ އެއްވަނައިގައި 9 ޕޮއިންޓާއެކު އޮތީ މެޕްސް ކޮލެޖެވެ. ހަމަ މި އަދަދަށް ޕޮއިންޓު ހޯދައިގެން ގްރޫޕްގެ ދެވަނައިގައި އޮތީ ފެސްޓެވެ. މެޕްސް އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. އެއް މެޗު މަދުން ކުޅެގެން އެފް.އެސް.އެލް އޮތީ 6 ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ. މި ގްރޫޕްގައި ބާކީ އޮތީ އެފް.އެސް.އެލް އާއި މެޕްސް ވާދަކުރާ މެޗެވެ. މި މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން އެފް.އެސް.އެލް، މެޕްސް އަދި ފެސްޓަށް ވެސް ކުއާޓާ ފައިނަލަށް ދަތުރުކުރުމުގެ ފުރުޞަތު އެބައޮތެވެ. އެ މެޗު އެއްވަރުކޮށްލައިގެން ނުވަތަ މޮޅުވެގެން މެޕްސް އަށް ކުއާޓާގެ ޖާގައެއް ކަށަވަރު ކުރެވެން އޮތްއިރު، އެފް.އެސް.އެލް އަށް ފުރުޞަތު އޮތީ މެޕްސް ކޮލެޖު ބަލިކޮށްގެންނެވެ.

ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ޓައިޓްލް ސްޕޮންސަރަކީ އެމް.ޔޫ ސްޓޯރުން އެތެރެކުރާ ”ލެކްނޯ“ ބްރޭންޑެވެ. މުބާރާތުގެ ކޯ-ސްޕޮންސަރަކީ ޤައުމީ ޔުނިވަރސިޓީގެ ކުންފުނި ޔުނިވިޔަ ހޯލްޑިންގްސް އެވެ. ސަޕޯޓިންގ ޕާޓްނަރުންނަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، މެންހަޓަން ބިޒްނަސް ހޮޓެލް، އޮންލައިން ނިއުސް ޢަދަދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ޕްރިންޓް ކޯއެވެ. ޕްރިންޓިންގ ޕާޓްނަރަކީ އެމް ސެވަން އެވެ. އަދި އެސޯސިއޭޓިވް ޕާޓްނަރަކީ އަދަދު އޮންލައިންއެވެ.

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ސާނަވީ ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިންނެވެ. މި އަހަރު މި ބާއްވަނީ މީގެ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތް މި ބޭއްވެނީ ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެވިޑް ކޮލެޖެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެމް.އައި ކޮލެޖެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 2013 ވަނަ އަހަރެވެ. އެއަށްފަހު 2019 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު މި މުބާރާތް ކުރިއަށް ގެންދެވިފައިވެއެވެ. މުބާރާތުގައި އަންހެން ޑިވިޝަން ތަޢާރަފު ކުރެވުނީ 2018 ވަނަ އަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި 3 ފަހަރު ޙާޞިލުކޮށްފައިވާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ.

މުހައްމަދު ޝާން ޢާމިރު

މުހައްމަދު ޝާން ޢާމިރު

އެމް.އެން.ޔޫ.އެސް.ޔޫ އެޑްވައިޒަރީ ބޯޑު މެމްބަރު އަދި އެމް.އެން.ޔޫ.އެސް.ޔޫގެ 7 ވަނަ ދައުރުގެ ރައީސް

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

”އާދޭ ކޮއްކޮމެން“ ކާމިޔާބުކަމާއެކު ނިންމާލައިފި!

”އާދޭ ކޮއްކޮމެން“ ކާމިޔާބުކަމާއެކު ނިންމާލައިފި!

2025-06-10
އަންހެން ޑިވިޜަނުގެ ޗެމްޕިއަންކަން އަނެއްކާވެސް އެމް.ބީ.އެސްއަށް، އެންމެ މޮޅު ކުޅުންތެރިއަކަށް މަލްދާ!

އަންހެން ޑިވިޜަނުގެ ޗެމްޕިއަންކަން އަނެއްކާވެސް އެމް.ބީ.އެސްއަށް، އެންމެ މޮޅު ކުޅުންތެރިއަކަށް މަލްދާ!

2025-06-03
ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޜަނުގެ ޗެމްޕިއަންކަން އެފް.އީއަށް، އެންމެ މޮޅު ކުޅުންތެރިއަކަށް ރައުހާން!

ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޜަނުގެ ޗެމްޕިއަންކަން އެފް.އީއަށް، އެންމެ މޮޅު ކުޅުންތެރިއަކަށް ރައުހާން!

2025-06-03
އެމް.އައި ކޮލެޖާ ދެކޮޅަށް އުނދަގޫ މޮޅަކަށްފަހު، ފެކަލްޓީ އޮފް ހެލްތު ސައިންސުން ސެމީގެ ޖާގަ ކަށަވަރުކޮށްފި

އެމް.އައި ކޮލެޖާ ދެކޮޅަށް އުނދަގޫ މޮޅަކަށްފަހު، ފެކަލްޓީ އޮފް ހެލްތު ސައިންސުން ސެމީގެ ޖާގަ ކަށަވަރުކޮށްފި

2025-05-26
2-0ގެ ނަތީޖާއަކުން ސްކޫލް އޮފް ނާސިންގ ބަލިކޮށް، ވިލާ ކޮލެޖު ސެމީއަށް!

2-0ގެ ނަތީޖާއަކުން ސްކޫލް އޮފް ނާސިންގ ބަލިކޮށް، ވިލާ ކޮލެޖު ސެމީއަށް!

2025-05-26
ފެކަލްޓީ އޮފް އާޓްސް ކޮޅަށް 4 ލަނޑާއެކީ ޕޮލިޓެކްނިކުން ސެމީއަށް ދަތުރުކޮށްފި

ފެކަލްޓީ އޮފް އާޓްސް ކޮޅަށް 4 ލަނޑާއެކީ ޕޮލިޓެކްނިކުން ސެމީއަށް ދަތުރުކޮށްފި

2025-05-26
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab