Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ހަރަކާތް

ފިރިހެން ޑިވިޝަނުގެ ގްރޫޕް ބީ އިން ޕޮލިޓެކްނިކާއި ކްލިކް ކުއާޓާއަށް!

އާމިނަތު ޔާސްމީން މުޙައްމަދު by އާމިނަތު ޔާސްމީން މުޙައްމަދު
2022-10-21
in ހަރަކާތް, ޚަބަރު
ފިރިހެން ޑިވިޝަނުގެ ގްރޫޕް ބީ އިން ޕޮލިޓެކްނިކާއި ކްލިކް ކުއާޓާއަށް!

ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަނުގެ ގްރޫޕް ބީ އިން ޕޮލިޓެކްނިކާއި ކްލިކް ކޮލެޖް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ހުކުރުދުވަހު ހަވީރު 04:00ގައި ގްރައުންޑް 1 ގައި ކުޅުނީ ގްރޫޕް ބީގެ ވިލާ ކޮލެޖާއި ފެކަލްޓީ އޮފް އާރޓްސް (އެފް.އޭ) އެވެ. މި މެޗުން މޮޅުވެ، ގްރޫޕްގެ އަނެއް މެޗުގެ ނަތީޖާ އަންނަ ގޮތަކުން ކުއާޓާ ފައިނަލަށް ދަތުރުކުރުމުގެ ފުރުޞަތު ވިލާ ކޮލެޖަށް އޮތެވެ. ނަމަވެސް، އެ މެޗުން ޕޮލިޓެކްނިކް މޮޅުވެފައިވުމާއެކު ވިލާ ކޮލެޖް ވަނީ މުބާރާތުން ކަޓާފައެވެ. ވިލާ ކޮލެޖާއި އެފް.އޭ ބައްދަލުކުރި މެޗު ވިލާ އިން ކާމިޔާބު ކުރީ 10 – 1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ވިލާގެ ޖަރޒީ ނަންބަރު 5 ނާހިލް އަޙްމަދު ޞިއްދީޤު ވަނީ ހެޓްރިކެއް ހަދާފައެވެ. ނާހިލްގެ ގޯލުތައް ޖެހީ 7 ވަނަ މިނެޓާއި 9 ވަނަ މިނެޓު އަދި 37 ވަނަ މިނެޓުގައެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ވިލާގެ ޖަރޒީ ނަންބަރު 8 އަޙްމަދު ޔައީޝް ޔޫޝައު ވަނީ މެޗުގައި ދެ ގޯލު ޖަހާފައެވެ. ޔޫޝައުގެ ގޯލުތައް ޖެހީ މެޗުގެ 3 ވަނަ މިނެޓާއި 40 ވަނަ މިނެޓުގައެވެ. މީގެ އިތުރުން ވިލާގެ ޖަރޒީ ނަންބަރު 11 ރިމާން ޢަލީ ވަނީ މެޗުގެ 11 ވަނަ މިނެޓާއި 33 ވަނަ މިނެޓުގައި ގޯލު ޖަހާފައެވެ. އަދި ވިލާގެ ޖަރޒީ ނަންބަރު 9 މިދުހަތު ފާއިޒު ވެސް ދެ ގޯލު ޖަހާފައިވެއެވެ. މިދުހަތު ގޯލު ޖެހީ 11 ވަނަ މިނެޓާއި 27 ވަނަ މިނެޓުގައެވެ. މީގެ އިތުރުން މެޗުގެ 39 ވަނަ މިނެޓުގައި ވިލާގެ ޖަރޒީ ނަންބަރު 23 ހުސައިން ފަލާހުވެސް ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. މެޗުގައި އެފް.އޭ އިން ޖެހި ހަމައެކަނި ގޯލު ޖެހީ މެޗުގެ 28 ވަނަ މިނެޓުގައި އެފް.އޭގެ ޖަރޒީ ނަންބަރު 13 ޢާލިމް ޢަބްދުއްލަތީފެވެ.

04:00ގައި ގްރައުންޑް 2 ގައި ކުޅުނީ ޕޮލިޓެކްނިކާއި ކްލިކް ކޮލެޖެވެ. މި މެޗު 5 – 0ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ޕޮލިޓެކްނިކެވެ. މި މެޗުގެ 14 ވަނަ މިނެޓުގައި ޕޮލިޓެކްނިކަށް ލީޑު ނަގައިދިނީ އެ ޓީމުގެ ޖަރޒީ ނަންބަރު 8 މިޖުދާފް ޢަބްދުލް މަޖީދެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޕޮލިޓެކްނިކްގެ ޖަރޒީ ނަންބަރު 11 މުޙައްމަދު ރާއިފް ފަޒީލް ވަނީ މެޗުގައި ހެޓްރިކެއް ހަދާފައެވެ. ރާއިފްގެ ގޯލުތައް ޖެހީ މެޗުގެ 22 ވަނަ މިނެޓާއި 24 ވަނަ މިނެޓު އަދި 30 ވަނަ މިނެޓުގައެވެ. ޕޮލިޓެކްނިކްގެ ފަސްވަނަ ގޯލުޖެހީ މެޗުގެ 33 ވަނަ މިނެޓުގައި އެ ޓީމުގެ ޖަރޒީ ނަންބަރު 13 އަލީ އަހްލާމެވެ.

ވިލާ އަދި އެފް.އޭ ބައްދަލުކުރި މެޗުގެ ތެރެއިން | ފޮޓޯ: އާމިނަތު ޝިޒްލީން، އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

މި ނަތީޖާތަކާއެކު ގްރޫޕް ސީގެ އެއްވަނައިގައި ކުއާޓާ ފައިނަލަށް ދަތުރުކުރީ ޕޮލިޓެކްނިކެވެ. އެ ޓީމަށް ތިން މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު ކުއާޓާއަށް ދިޔައީ ކްލިކް ކޮލެޖެވެ. އެފް.އޭގެ މައްޗަށް ކުރި ހޯދި ނަމަވެސް ޖުމްލަ ހަތަރު ޕޮއިންޓާއެކު ވިލާ ދިޔައީ ތިންވަނައަށެވެ. ގްރޫޕްގެ ހަތަރުވަނައިގައި އޮތީ އެފް.އޭ އެވެ.

ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ޓައިޓްލް ސްޕޮންސަރަކީ އެމް.ޔޫ ސްޓޯރުން އެތެރެކުރާ ”ލެކްނޯ“ ބްރޭންޑެވެ. މުބާރާތުގެ ކޯ-ސްޕޮންސަރަކީ ޤައުމީ ޔުނިވަރސިޓީގެ ކުންފުނި ޔުނިވިޔަ ހޯލްޑިންގްސް އެވެ. ސަޕޯޓިންގ ޕާޓްނަރުންނަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، މެންހަޓަން ބިޒްނަސް ހޮޓެލް، އޮންލައިން ނިއުސް ޢަދަދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ޕްރިންޓް ކޯއެވެ. ޕްރިންޓިންގ ޕާޓްނަރަކީ އެމް ސެވަން އެވެ. އަދި އެސޯސިއޭޓިވް ޕާޓްނަރަކީ އަދަދު އޮންލައިންއެވެ.

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ސާނަވީ ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިންނެވެ. މި އަހަރު މި ބާއްވަނީ މީގެ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތް މި ބޭއްވެނީ ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެވިޑް ކޮލެޖެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެމް.އައި ކޮލެޖެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 2013 ވަނަ އަހަރެވެ. އެއަށްފަހު 2019 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު މި މުބާރާތް ކުރިއަށް ގެންދެވިފައިވެއެވެ. މުބާރާތުގައި އަންހެން ޑިވިޝަން ތަޢާރަފު ކުރެވުނީ 2018 ވަނަ އަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި 3 ފަހަރު ޙާޞިލުކޮށްފައިވާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ.

އާމިނަތު ޔާސްމީން މުޙައްމަދު

އާމިނަތު ޔާސްމީން މުޙައްމަދު

މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ފަރާތުން އޮބްސްޓެކަލް ރޭހެއް ބާއްވަނީ!

ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ފަރާތުން އޮބްސްޓެކަލް ރޭހެއް ބާއްވަނީ!

2026-05-13
އެމް.އެން.ޔޫ.ބީ.އެސް ބަލިކޮށް އެމް.ބީ.އެސްގެ ދެޓީމުވެސް ސެމީއަށް!

އެމް.އެން.ޔޫ.ބީ.އެސް ބަލިކޮށް އެމް.ބީ.އެސްގެ ދެޓީމުވެސް ސެމީއަށް!

2026-05-12
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026: ކުއާޓާ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ޔަގީންވެއްޖެ

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026: ކުއާޓާ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ޔަގީންވެއްޖެ

2026-05-10
ނޭކައިގެ ފުރަތަމަ މޫވީ ނައިޓް ވަރަށްވެސް ކާމިޔާބު!

ނޭކައިގެ ފުރަތަމަ މޫވީ ނައިޓް ވަރަށްވެސް ކާމިޔާބު!

2026-05-09
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ތަފާތު ހަރަކާތެއް!

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ތަފާތު ހަރަކާތެއް!

2026-05-09
އެފް.އެޗް.ޓީ.އެސް، ސީ.އެފް.އެސް އަދި އެމް.އެން.ޔޫ.ބީ.އެސްގެ އަންހެން ޓީމުތައް ކުއާޓާ ފައިނަލަށް

އެފް.އެޗް.ޓީ.އެސް، ސީ.އެފް.އެސް އަދި އެމް.އެން.ޔޫ.ބީ.އެސްގެ އަންހެން ޓީމުތައް ކުއާޓާ ފައިނަލަށް

2026-05-09
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab