Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ހަރަކާތް

އެމް.ބީ.އެސްގެ މައްޗަށް ކުރިހޯދާ އެމް.އައި ކުއާޓާއަށް، އެމް.އެން.ޔޫ.ބީ.އެސް ބޮޑު ތަފާތަކުން މޮޅުވެ ގްރޫޕްގެ އެއްވަނައަށް!

އާމިނަތު ޔާސްމީން މުޙައްމަދު by އާމިނަތު ޔާސްމީން މުޙައްމަދު
2022-10-21
in ހަރަކާތް, ޚަބަރު
އެމް.ބީ.އެސްގެ މައްޗަށް ކުރިހޯދާ އެމް.އައި ކުއާޓާއަށް، އެމް.އެން.ޔޫ.ބީ.އެސް ބޮޑު ތަފާތަކުން މޮޅުވެ ގްރޫޕްގެ އެއްވަނައަށް!

ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަނުގެ ގްރޫޕްގެ ޑީގައި ކުޅުނު ފަހު ދެ މެޗުގެ ނަތީޖާ ނުކުތް ގޮތުން އެމް.އައި ކޮލެޖާއި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ހުކުރު ދުވަހު ހަވީރު 05:00ގައި ގްރައުންޑް 1 ގައި ކުޅުނު ގްރޫޕް ޑީގެ މެޗުގައި ބައްދަލުކުރީ މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމް.ބީ.އެސް) އާއި އެމް.އައި ކޮލެޖެވެ. މި މެޗު 4 – 0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ އެމް.އައި ކޮލެޖެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އެމް.އައި ކޮލެޖުގެ ޖަރޒީ ނަންބަރު 21 އިސްމާޢީލް ޖިނާން ވަނީ މެޗުގައި ދެ ގޯލު ޖަހާފައެވެ. ޖިނާންގެ ގޯލުތައް ޖެހީ 26 ވަނަ މިނެޓާއި 35 ވަނަ މިނެޓުގައެވެ. އެމް.އައި ކޮލެޖަށް މެޗުގައި ލީޑު ނަގައިދީފައިވަނީ 25 ވަނަ މިނެޓުގައި އެ ޓީމުގެ ޖަރޒީ ނަންބަރު 8 ނޫރުﷲ މުފީދެވެ. އަދި އެ ޓީމުގެ ފަހު ގޯލު ޖަހައިދިނީ އެ ޓީމުގެ ޖަރޒީ ނަންބަރު 3 މިރާސް މުޙައްމަދު ޒުހައިރެވެ.

ގްރައުންޑް 2 ގައި ކުޅުނު މެޗުގައި ބައްދަލުކުރީ އެމް.އެން.ޔޫ.ބީ.އެސް އާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) އެވެ. މި މެޗު 8 – 2ގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ އެމް.އެން.ޔޫ.ބީ.އެސް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އެމް.އެން.ޔޫ.ބީ.އެސްގެ ޖަރޒީ ނަންބަރު 11 މުޙައްމަދު އަނާން ވަނީ މެޗުގައި ހަތަރު ގޯލު ޖަހާފައެވެ. އަނާންގެ ގޯލުތައް ޖަހާފައިވަނީ 2 ވަނަ މިނެޓާއި 21 ވަނަ މިނެޓާއި 25 ވަނަ މިނެޓާއި 26 ވަނަ މިނެޓުގައެވެ. މީގެ އިތުރުން އެމް.އެން.ޔޫ.ބީ.އެސްގެ ޖަރޒީ ނަންބަރު 17 އިބްރާހީމް އާތިފް ވަނީ 13 ވަނަ މިނެޓާއި 39 ވަނަ މިނެޓުގައި ގޯލު ޖަހާފައެވެ. އަދި އެމް.އެން.ޔޫ.ބީ.އެސްގެ ޖަރޒީ ނަންބަރު 8 އަޙްމަދު ރިޔުޝާންވެސް މި މެޗުގައި ގޯލު ޖަހާފައިވެއެވެ. ރިޔުޝާންގެ ގޯލު ޖެހީ މެޗުގެ 22 ވަނަ މިނެޓުގައެވެ. މީގެ އިތުރުން އައި.ޔޫ.އެމްގެ ޖަރޒީ ނަންބަރު 8 ނަސަތު ނަސީމް އަތުން ބައިކޮޅަށްވެސް މި މެޗުގައި ގޯލެއް ވަދެފައިވެއެވެ. އައި.ޔޫ.އެމް އިން މި މެޗުގައި ޖެހި ދެ ގޯލުވެސް ޖެހީ އެ ޓީމުގެ ޖަރޒީ ނަންބަރު 7 ޢަބްދުﷲ ފާރިސެވެ. ފާރިސްގެ ގޯލުތައް ޖެހީ 3 ވަނަ މިނެޓާއި 26 ވަނަ މިނެޓުގައެވެ.

އެމް.އެން.ޔޫ.ބީ.އެސް އަދި އައި.ޔޫ.އެމް ބައްދަލުކުރި މެޗުގެ ތެރެއިން | ފޮޓޯ: އަޙްމަދު ޖައިޝަން، އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

މި ނަތީޖާތަކާއެކު ގްރޫޕް ޑީގައި ތިން ޓީމެއް އޮތީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ. އެގޮތުން އެމް.އެން.ޔޫ.ބީ.އެސް އާއި އެމް.އައި އަދި އެމް.ބީ.އެސް އަށް ވަނީ ކޮންމެ ޓީމަކަށް 6 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ޓީމުތަކުގެ ވަނަތައް ދެން ހޮވާނީ ގޯލުގެ ތަފާތުންނެވެ. މިގޮތުން ބަލާއިރު، ގްރޫޕްގެ އެއްވަނަ އާއި ދެވަނަ ލިބެނީ ފައިދާ ގޯލު 5 ގައި އޮތް އެމް.އެން.ޔޫ.ބީ.އެސް އާއި އެމް.އައި ކޮލެޖަށެވެ. އެމް.ބީ.އެސްގެ ފައިދާ ގޯލަކީ 0 އެވެ. އެމް.އެން.ޔޫ.ބީ.އެސް އާއި އެމް.އައި ފައިދާ ގޯލުންވެސް އެއްވަރުވެފައިވާތީ، ކުރިހޯދާ ޓީމެއް ކަށަވަރު ކުރަން ދެން ބަލާނީ ޖެހި ގޯލުގެ ޢަދަދަށެވެ. މިގޮތުން ބަލާއިރު ޖުމްލަ 13 ގޯލާއެކު ކުރި ލިބެނީ އެމް.އެން.ޔޫ.ބީ.އެސް އަށެވެ. އެމް.އައި ކޮލެޖުގެ ޖެހި ގޯލުގެ އަދަދަކީ 8 އެވެ.

ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ޓައިޓްލް ސްޕޮންސަރަކީ އެމް.ޔޫ ސްޓޯރުން އެތެރެކުރާ ”ލެކްނޯ“ ބްރޭންޑެވެ. މުބާރާތުގެ ކޯ-ސްޕޮންސަރަކީ ޤައުމީ ޔުނިވަރސިޓީގެ ކުންފުނި ޔުނިވިޔަ ހޯލްޑިންގްސް އެވެ. ސަޕޯޓިންގ ޕާޓްނަރުންނަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، މެންހަޓަން ބިޒްނަސް ހޮޓެލް، އޮންލައިން ނިއުސް ޢަދަދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ޕްރިންޓް ކޯއެވެ. ޕްރިންޓިންގ ޕާޓްނަރަކީ އެމް ސެވަން އެވެ. އަދި އެސޯސިއޭޓިވް ޕާޓްނަރަކީ އަދަދު އޮންލައިންއެވެ.

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ސާނަވީ ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިންނެވެ. މި އަހަރު މި ބާއްވަނީ މީގެ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތް މި ބޭއްވެނީ ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެވިޑް ކޮލެޖެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެމް.އައި ކޮލެޖެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 2013 ވަނަ އަހަރެވެ. އެއަށްފަހު 2019 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު މި މުބާރާތް ކުރިއަށް ގެންދެވިފައިވެއެވެ. މުބާރާތުގައި އަންހެން ޑިވިޝަން ތަޢާރަފު ކުރެވުނީ 2018 ވަނަ އަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި 3 ފަހަރު ޙާޞިލުކޮށްފައިވާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ.

އާމިނަތު ޔާސްމީން މުޙައްމަދު

އާމިނަތު ޔާސްމީން މުޙައްމަދު

މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ޔޫނިއަންގެ އަސާސީ ގަވާއިދަށް ގެނައި ބަދަލުތައް ޔުނިވަރސިޓީ ކައުންސިލުން ފާސްކޮށްފި

ޔޫނިއަންގެ އަސާސީ ގަވާއިދަށް ގެނައި ބަދަލުތައް ޔުނިވަރސިޓީ ކައުންސިލުން ފާސްކޮށްފި

2025-12-10
2025ވަނަ އަހަރުގެ އެންމެ ހަރަކާތްތެރި ގޮތްޕަކަށް ބީ.އެސް.އެސް.އޭ، އަތޮޅުތެރެއިން އެއްވަނަ ނޭކައާއި ގުރުޒަށް

2025ވަނަ އަހަރުގެ އެންމެ ހަރަކާތްތެރި ގޮތްޕަކަށް ބީ.އެސް.އެސް.އޭ، އަތޮޅުތެރެއިން އެއްވަނަ ނޭކައާއި ގުރުޒަށް

2025-12-06
ދަރިވަރުންގެ ޔޫނިއަންގެ އިޖުތިމާޢީ ޚިދުމަތުގެ އިނާމު 27 ފަރާތަކަށް

ދަރިވަރުންގެ ޔޫނިއަންގެ އިޖުތިމާޢީ ޚިދުމަތުގެ އިނާމު 27 ފަރާތަކަށް

2025-12-06
ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމުގެ އިނާމު ޝަފީޢު އަދި އަޒްމީއަށް

ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމުގެ އިނާމު ޝަފީޢު އަދި އަޒްމީއަށް

2025-12-06
އެންމެ މުހިންމީ އުނގެނުމާއެކު އިތުރު ޙަރަކާތްތައް ބެލެންސްކުރުން: ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމް

އެންމެ މުހިންމީ އުނގެނުމާއެކު އިތުރު ޙަރަކާތްތައް ބެލެންސްކުރުން: ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމް

2025-12-06
ދަ ނެކްސްޓް ލެވެލްގެ އެންމެ މޮޅު ފެކަލްޓީއަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

ދަ ނެކްސްޓް ލެވެލްގެ އެންމެ މޮޅު ފެކަލްޓީއަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

2025-12-06
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab