ޗުއްޓީ ދުވަސްވަރު މާލޭގައި ތިބި ދަރިވަރުންގެ ޔޫނިއަންގެ ބައެއް ލީޑަރުންނާއެކު ”ފަން ޓްރިޕް“ގެ ނަމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ވިލިމާލެއަށް ދަތުރެއް ގޮސްފިއެވެ.
މި ދަތުރު ގޮސްފައިވަނީ 2023 ޖަނަވަރީ 21 ވީ ހޮނިހިރު ދުވަހެވެ.
ސާޅީހަށްވުރެ ގިނަ ބައިވެރިންނާއެކު ކުރި މި ދަތުރުގައި ޓީމް ބިލްޑިންގެ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މީގެ އިތުރުން މޫދު ކުޅިވަރުތައް ކުރިއަށް ގެންދެވިފައިވާއިރު، ދަތުރު ނިންމާލާފައިވަނީ ބާބެކިއު އަކުންނެވެ.
މިފަދަ ދަތުރުތަކުގެ އިތުރުން އިޖުތިމާޢީ ދަތުރުތަކާއި ކެމްޕަސްތަކަށް ދަތުރުކުރުން ފަދަ ގިނަ ހަރަކާތްތަކެއް ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެއެވެ.






