ކޮވިޑް-19ގެ ޢާލަމީ ވަބާގެ ތެރެއިން ޗައިނާގެ ފްލައިޓްތައް މެދުކަނޑާލާފައި އޮތުމަށްފަހު ދިވެހިރާއްޖެއަށް ދަތުރުކުރި ފުރަތަމަ ފްލައިޓްގެ ދަތުރުވެރިންނަށް މަރުހަބާ ދެންނެވުމަށް ބޭއްވި ހަރަކާތުގައި އެމް.އެން.ޔޫ.އެސް.ޔޫ ބޮޑުބެރު ގްރޫޕްގެ ފަރާތުން ހަރަކާތްތެރިވެއްޖެ އެވެ.
މި ފްލައިޓް ދިވެހިރާއްޖޭގެ ވެލާނާ އިންޓަރނޭޝަލް އެއާޕޯޓުގައި ޖައްސާފައިވަނީ 2023 ޖަނަވަރީ 18ވީ ބުދަދުވަހެވެ. މި ފްލައިޓްގެ ދަތުރުވެރިންނަށް އެއާޕޯޓުން މަރުހަބާ ދެންނެވުމަށް އެމް.އެން.ޔޫ.އެސް.ޔޫ ބޮޑުބެރު ގްރޫޕްގެ ފަރާތުން ވަނީ ޘަޤާފީ ހަރަކާތްތަކެއް ހުށަހަޅައިދީފައެވެ.
މީގެ ކުރިން 2021 ވަނަ އަހަރުގެ އެއްމިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުޙަބާ ދެންނެވުމަށާއި، 2022 ވަނަ އަހަރުގެ 1.6 މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުޙަބާ ދެންނެވުމަށް އެމް.އެން.ޔޫ.އެސް.ޔޫ ބޮޑުބެރު ގްރޫޕްގެ ފަރާތުން ވަނީ ހަރަކާތްތެރިވެފައެވެ.






