ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓްސް އެސޯސިއޭޝަން (ފެސާ) އިން މުޅިން އަލަށް ބޭއްވި ”ފެސާ ކަރައޯކޭ ޗެލެންޖް“ ވަރަށް ކާމިޔާބު ކަމަާއެކު ނިންމާލައިފިެވެ.
މި ހަރަކާތް ބާއްވާފައިވަނީ 24 ފެބްރުއަރީ ވީ ހޮނިހިރު ދުވަހުގެ ރޭ އެމް.އެން.ޔޫ.ބީ.އެސްގެ ސެމިނަރ ރޫމްގައެވެ.
މި ކަރައޯކޭ ޗެލެންޖުގައި މުޅިއެކު 11 އައިޓަމް ވަނީ ހުށަހަޅައިދީފައެވެ. އޭގެ ތެރޭގައި ވަކި ވަކި ދަރިވަރުންގެ 6 އައިޓަމާއި ޑުއެޓް 5 އައިޓަމް ހުށަހަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮންމެ ކެޓަގަރީއަކުން އެއްވަނަ ހޮވާ ގޮތައް ކުރިއަށް ގެންދެވުނު މި މުބާރާތުގައި، ވަނަތައް ހޮވާފައިވަނީ މި ޗެލެންޖުގެ ބައިވެރިންގެ މެދުގައި ލެވުނު ލައިވް ވޯޓަކުންނެވެ.
ލައިވް ވޯޓުން %39.3 ވޯޓު ލިބި މި ޗެލެންޖުގެ އެއްވަނަ ލިބިފައިވަނީ ފަރުހަތު ޖަލީލަށެވެ. އަދި ހަމައެހެންމެ ޑުއެޓް އައިޓަމް ތަކުގެ ތެރެއިން އެއްވަނަ ހާސިލު ކޮށްފައިވަނީ %35.7 ވޯޓު ލިބިގެން ފަރުހަތު ޖަލީލާއި ދަޔާނާ ހަސަން ހުށަހަޅާދިން އައިޓަމެވެ.
މި މުބާރާތަކީ ފެކަލްޓީ އޮފް އެޑިއުކޭޝަން ގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމަށާއި، ހުނަރުވެރި ލަވަ ކިޔުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ފެސާއިން އިންތިޒާމުކޮށްގެން ބޭއްވި މުބާރާތެކެވެ.
ކުރިއަށް އޮތް ތަނުގައި މިފަދަ ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ފެސާއިން ރާވާފައިވާކަން ފާހަގަކޮށްލެވެއެވެ.






