ސްކޫލް އޮފް ނާސިންގެ އަންހެން ޓީމު އެމް.ޑަބުލިޔު.އެސް.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2019ގެ ކުއާޓާ ފައިނަލް އަށް ދަތުރުކޮއްފިއެވެ.
ސްކޫލް އޮފް ނާސިންގެ އަންހެން ޓީމު ކުއާޓާ އަށް ދަތުރުކުރީ ގުރޫޕް ސްޓޭޖުގެ މެޗުތަކުން ވަރަށް ރަނގަޅު ކާމިޔާބީ އާއެކުއެވެ. ގުރޫޕް ސްޓޭޖުގެ އަންހެން ޑިވިޜަންގެ ގްރޫޕް ބީއިން ސްކޫލް އޮފް ނާސިން އާއި ވާދަކުރީ މެޕްސްއެވެ. މިމެޗްއިން ދެޓީމް އެއްވަރުވެ މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްކޫލް އޮފް ނާސިން ޖާރޒީ ނަންބަރު 6 ރަޝާ ރިޒާއެވެ.


ގުރޫޕް ސްޓޭޖުގެ އަންހެން ޑިވިޜަންގެ ދިހަވަނަ މެޗެއްގެގޮތުން ގްރޫޕް ބީއިން ވާދަކުރީ ސްކޫލް އޮފް ނާސިން އާއި އެފް.އެޗް.އެސްއެވެ. ވަރުގަދަ ކުޅުމަކައްފަހު ސްކޫލް އޮފް ނާސިންގެ ޓީމް އެފް.އެޗް.އެސްގެ މައްޗަށް 1-0 ކުރިހޯދި އިރު މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްކޫލް އޮފް ނާސިން ޖާރޒީ ނަންބަރު 10 ޝީލާ މުހައްމަދު ދީދީއެވެ.


ސްކޫލް އޮފް ނާސިންގެ އަންހެން ޓީމު ކުއާޓާ އަށް ދަތުރުކޮއްފައިވަނީ ގުރޫޕް ސްޓޭޖު ބީގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. އެމް.ޑަބުލިޔު.އެސް.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ކުއާޓާފައިނަލްގެ މެޗްތައް މިރޭ 8:00ގައި ފެށޭއިރު ކުއާޓާގެ ދެވަނަ މެޗެއްގެ ގޮތުން ސްކޫލް އޮފް ނާސިންގެ ޓީމް އާއި ވާދަކުރަނީ ގްރޫޕް ޑީގެ ދެވަނަ ޓީމް ފެކަލްޓީ އޮފް އެޑިއުކޭޜަންއާއެވެ. ސްކޫލް އޮފް ނާސިންގެ އަންހެން ޓީމު ތިބީ މިމެޗް ކާމިޔާބުކޮށް، ސެމީ ފައިނަލުން ޖާގަ ހޯދުމަށް ޖޯޝާއެކު އަތުކުރި އޮޅާލައިގެންނެވެ.
ލިޔުނީ : ފާތިމަތު އަބޫބަކުރު
މީޑިއާ ކޯޑިނޭޓަރ، ނިއަރެސް، އެމް.އެން.ޔޫ.އެސް.ޔޫ