ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2025 ފަށައިފި އެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތް ފަށާފައިވަނީ މެއި 15ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ރެހެންދި ދަނޑުގައެވެ.
މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ޗާންސެލަރ ޑރ. މަހުމޫދު ޝައުޤީ އެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް އާއި ޑެޕިއުޓީ ވައިސް ޗާންސެލަރ ޢަބްދުއްރަޙްމާން މުބާރިކް، މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީ.އެފް.އޯ) ރޮބިން ވޯލް އާއި މުބާރާތުގެ ކޯ-ސްޕޮންސަރ ލިއަން ޝުއޭ ޝިން ރެސްޓޯރަންޓުގެ މެނޭޖަރު ޑޭވިޑް ޝާއޯ އާއި ރޮޓައިމް ކުންފުނީގެ އިސްވެރިންނާއި މުބާރާތުގެ އެހެނިހެން ސްޕޮންސަރުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީ.އެފް.އޯ ވަނީ ޔޫނިއަންގެ ފަރާތުން މިފަދަ މުބާރާތެއް ޒުވާނުންނަށް އިންތިޒާމްކުރާ ކަމަށްޓަކައި ޔޫނިއަން އަށް ޝުކުރު އަދާކުރަށްވާފައެވެ. އަދި އަބަދުވެސް ދިރާގުން ޒުވާނުންގެ މިފަދަ ހަރަކާތްތަކަށް އެއްބާރުލުން ދެއްވާނެކަން ވަނީ ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ޔޫނިއަންގެ ފަރާތުން ވާހަކަދައްކަމުން ޔޫނިއަންގެ ނައިބު ރައީސް (ޢަމަލީ) އަދި މުބާރާތުގެ ޗެއަރ މުޙައްމަދު އަޔާޝް ޢަލީ ވަނީ މުބާރާތުގެ ސްޕޮންސަރުންނަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި އަޚްލާޤީ މިންގަނޑުތަކާ އެއްގޮތަށް މުބާރާތް ކާމިޔާބުކަމާއެކީ ކުަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.ސް (ޢަމަލީ) އަދި މުބާރާތުގެ ޗެއަރ މުޙައްމަދު އަޔާޝް ރިއަށް ގެންދިއުމަށް ހުރިހާ ޓީމުތަކެއްގެ ފަރާތުން އެދިފައެވެ.
މިރަސްމިއްޔާތު ނިމިގެން ދިޔައީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ އައު ރަސްމީ ލަވަ އަށް ޔޫނިއަންގެ ޑާންސް ގުރޫޕުން ހުށައަޅައިދިން ފުރިހަމަ ނެށުމަކާއެކުއެވެ.
މި ރަސްމިއްޔާތަށްފަހު ވިކްޓްރީ ޝީލްޑްމެޗްވަނީ ކުޅެވިގެން ގޮސްފައެވެ. 2023 ވަނަ އަހަރުގެ ޗެމްޕިއަން އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ ބީ.އެސް) އާއި 2024 ވަނަ އަހަރުގެ ޗެމްޕިއަންއެމް.އައި ކޮލެޖް ބައްދަލުކުރި ފޯރިގަދަ މިމެޗު ވާދަވެރި ކުޅުމަކަށްފަހު އެމް.އެން.ޔޫ ބީ.އެސް އިން ވަނީ އެމް.އައި ކޮލެޖުގެ މައްޗަށް 2-1ގެ ނަތީޖާއަކުން ކުރި ހޯދާ ވިކްޓްރީ ޝީލްޑްކާމިޔާބުކޮށްފައެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔާ އަކަށް ހޮވިފައިވަނީ ބީ.އެސްގެޓީމުގެ ޖަރޒީ ނަމްބަރ 21 އަހްމަދުﷲ މުހައްމަދު ސަދާތުއެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގެ 2 މެޗެއް ވެސް މިރޭކުޅެވިގެން ގޮސްފައިވާއިރު ގުރައުންޑް 1 ގައި ކުޅެވުނު މެޗުގައި ބައްދަލުކޮށްފައި ވަނީ އެމް.އެން.ޔޫ ބީ.އެސް އާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް)ގެ ޓީމެވެ. އެމް.އެން.ޔޫ ބީ.އެސްގެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗު ބީ.އެސް އިން ވަނީ 3-0 ގެ ނަތީޖާ އަކުން ފަސޭހަކަމާއެކު އެފް.އެސް.އެލްގެ މައްޗަށް ކުރިހޯދާފައެވެ. މިޗުގެ މޮޅު ކުޅުންތެރިޔާއަށްހޮވިފައިވަނީ އެމް.އެން.ޔޫ ބީ.އެސްގެ ޓީމު މޮޅުކޮށްދިން ޖާޒީ ނަމްބަރ 10 އައިޝަތު ނަސްމާ މުހައްމަދުއެވެ.
އަންހެން ޑިވިޝަނުގެ ދެވަނަ އަށް ކުޅެވުނު މެޗުގައި އެމް.އައި ކޮލެޖު އަދި ފެކަލްޓީ އޮފް އަރޓްސް (އެފް.އޭ) ބައްދަލުކުރި މެޗު ވަނީ 3-3ގެ ނަތީޖާ އަކުން އެއްވަރު ވެފައެވެ. މެޗުގެ ކުރީކޮޅު އެމް.އައި ކޮލެޖުން 3 ޕޮއިންޓުގެ ލީޑެއް ނަގާފައިވަނިކޮށް ދެވަނަ ހާފުގައި އެފް.އޭ ޓީމުގެ ޖަރޒީ ނަމްބަރު 3 ޔުސްރާ ޔޫސުފް ވަނީ ކައިރި ކައިރިން 3 ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހާސިލްކޮށްފައިވަނީ ޔުސްރާ ޔޫސުފްއެވެ.
މި މަހުގެ 15 އިން 30ގެ ނިޔަލަށް ކުރިއަށްގެންދިޔުމަށްހަމަޖެހިފައިވާ މި މުބާރާތުގައި ޖުމުލަ 27 ޓީމު ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ރެހެންދި ދަނޑުގައެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގެވެ. ކޯ-ސްޕޮންސަރަކީ ލިއެން ޝުއޭ ޝިން ނޫޑްލް ރެސްޓޯރެންޓެވެ. މުބާރާތުގެ ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އެވެ. މުބާރާތުގެ ކިޓް ޕާޓްނަރަކީ މެނީ މޯލްޑިވްސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ. މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަދި އެލައިޑް އިންޝުއަރެންސް ހިމެނޭއިރު، މުބާރާތުގެ ޕާޓްނަރުންގެ ތެރޭގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން، ޔުނިވިޔަ، މާލެ ސިޓީ ކައުންސިލް އަދި އޮބިއޮން ހިމެނެއެވެ.






